ތޫތަކީ ބޯލަން ފައިދާހުރި ބާވަތެއް!
ދެންމެ | 28 ޖުލައި 2023

މަލްބެރީ ގަސް (މޯރަސް) ގެ މީރު މޭވާތަކަކީ އޭގެ ހިތްގައިމު ރަހައާއި ސިއްހީ ގޮތުން ފާހަގަކޮށްލެވޭ ފައިދާތަކުގެ ސަބަބުން އެކި ސަގާފަތްތަކުގައި ގަރުނުތަކެއް ވަންދެން ބޭނުންކުރަމުންއަންނަ މޭވާއެކެވެ. މި ބެރީތަކަކީ ކަޅު، ރަތް، އަދި ހުދު ކުލަތަކުގެ ތަފާތު ވައްތަރުގެ ބެރީތަކެވެ. ކޮންމެ ބެރީއަކުން ވެސް ޖުމްލަ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ނިއުޓްރިއެންޓްތަކުގެ ތަފާތު މާއްދާތައް އެކުލެވިގެންވާ ކަމަށްބުނެވެއެވެ.

މަލްބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ނިއުޓްރިއެންޓްސްފޯރުކޮށްދޭ މޭވާއަކަށް ވާތީ، ކޮންމެ ޑައިޓަކަށް ވެސް އެއީ ރަނގަޅު ފުރުޓެކެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ލޭހޮޅިތައް ސާފުކުރުމަށް އެހީތެރިވެދޭ ވިޓަމިން ސީ އާއި ކޭ ގެ މުއްސަނދި މަސްދަރެކެވެ. މީގެ އިތުރުން މަލްބެރީގައި ގިނަ އަދަދަކަށް ވިޓަމިން އީ، ދަގަނޑު، ޕޮޓޭސިއަމް، އަދި ޑައިޓޭރިއަން ފައިބަރު ހިމެނޭއިރު، މި ހުރިހާ މާއްދާތަކަކީ ވެސް ރަނގަޅު ސިއްހަތެއް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

 

މަލްބަރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެންޓިއޮކްސިޑެންޓް އެކުލެވޭ މިންވަރު މަތިވުމެވެ. މި ކުދިކުދި މޭވާތަކުގައި ގިނައިން ހުންނަ އެންތޯސައިނިންސް، ރެސްވެރެޓްރޯލް، އަދި ކުއެރްސެޓިން އަކީ ހަށިގަނޑުގައި ހުންނަ ގެއްލުން ހުރި ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކުރުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓިއޮކްސިޑެންޓްތަކެކެވެ. އެހެންކަމުން ސެލްތައް އޮކްސިޑޭޓިވް ސްޓްރެސް އިން ރައްކާތެރިކޮށްދީ، ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި ފަދަ ދިގުމުއްދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ

ގަވާއިދުން މަލްބަރީ ބޭނުންކުރުމަކީ ހިތުގެ ސިއްހަތު ރަނގަޅުވުމާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ. މި މޭވާތަކުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ނުބައި ކޮލެސްޓްރޯލް ލެވެލް (އެލްޑީއެލް ކޮލެސްޓްރޯލް) ދަށްކޮށްދީ ލޭހޮޅިތަކުގައި ދުޅަހެޔޮކަން އިތުރުވެ، ކާޑިއޯ ވެސްކިއުލަރ ފަންކްޝަން ރަނގަޅުވެއެވެ. މީގެ އިތުރުން މާލްބަރީގައި ހިމެނޭ ޕޮޓޭސިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރުގެ މިންވަރު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދީ، ހައިޕަރޓެންޝަން އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާއެކެވެ.

ލޭގައި ހަކުރު ހުންނަ މިންވަރާ މެދު ކަންބޮޑުވާ ފަރުދުންނަށް މަލްބަރީ އަކީ ހަކުރުބަލި މެނޭޖްކުރުމަށް އެހީތެރިވެދޭ ގުދުރަތީ ގޮތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާލްބަރީގައި ހިމެނޭ ކޮމްޕައުންޑްތަކުގެ ސަބަބުން ކާބޯހައިޑްރޭޓްތައް ހަކުރުއަށް ބަހާލާ ވަކި އެންޒައިމްތައް ހުއްޓުވައި، ލޭގައި ގްލޫކޯޒް ގިނަވުން މަޑުޖެހިގެންދެއެވެ. މިއީ ޚާއްޞަކޮށް ޓައިޕް 2 ހަކުރުބަލި ހުންނަ ފަރާތްތަކަށް ނުވަތަ މި ބަލި ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ފައިދާހުރި މޭވާއަކަށް ވެދާނެއެވެ

މަލްބަރީގައި ހިމެނޭ ޑައިޓޭރިއަން ފައިބަރަކީ ދުޅަހެޔޮ ހަޖަމުކުރުމުގެ ނިޒާމަކަށް އެހީތެރިވެދޭ އެއްޗެކެވެ. ފައިބަރުގެ ސަބަބުން ގޮހޮރު އޮމާންކޮށް، ބަނޑުހައިވުން ހުއްޓުވައި، ބެލެންސްޑް ގޮހޮރުގެ މައިކްރޯބަޔޮމް އެއް އުފެއްދުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަޖަމު ނުވުމާއި ބަނޑަށް އުދަގޫވުމަށް ފަރުވާއެއްގެ ގޮތުގައި ސަގާފީ ބޭސްވެރިކަމުގައި މަލްބަރީ ބޭނުންކޮށްފައިވެ އެވެ..

މަލްބަރީގައި ވިޓަމިން އީ ހުރުމަކީ ހަމުގެ ސިއްހަތާއި އޮމާންކަން އިތުރުކޮށްދޭ ކަމެކެވެ. ވިޓަމިން އީ އަކީ ހަންގަނޑަށް ކާނާ ލިއްބައިދޭ މާއްދާއެކެވެ. ޔޫވީ ގެ ސަބަބުން ހަންގަނޑު ރައްކާތެރިކޮށްދީ، ޒުވާން ސިފައެއް އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބައެއް ސްކިންކެއާ ޕްރޮޑަކްޓްތަކުގައި މަލްބަރީ އެކްސްޓްރެކްޓް ވެސް ހިމަނާފައި ވަނީ މޫނުގައި ޖަހާ ކަޅުލައްތަކާއި ލަކުނު ފިލުވުމަށް އެހީވެދޭތީއެވެ.

ބަރުދަން ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އަމާޒު ހިފާ މީހުންނަށް މަލްބަރީ އަކީ ބެލެންސްޑް ޑައިޓަކަށް އަގުހުރި މޭވާއެކެވެ. މާލްބަރީގައި ހުންނަ ފައިބަރާއި، ކެލޮރީ މަދުވެއެވެ.

އެންޓިއޮކްސިޑެންޓް ޕަވަރ އިން ފެށިގެން ހިތުގެ ސިއްހީ ސަޕޯޓާއި އެއަށްވުރެ ވެސް ގިނަ ސިއްހީ ފައިދާތަކެއް ލިބިގެންދާ ހަގީގީ ސުޕަފްރޫޓެއްގެ ގޮތުގައި ފާހަގަކުރެވޭ މޭވާ އެއްގެ ގޮތުގައި މާލްބެރީ ފާހަގަކޮށްލެވެއެވެ. މި މީރު ބެރީތައް ކެއުމުގައި ހިމެނުމަކީ ޖުމްލަ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހަ އަދި އުފާވެރި ގޮތަކަށް ވެދާނެ އެވެ. އެހެންނަމަވެސް ކޮންމެ ކާނާއެއް ފަދައިން މެދުމިނަކީ ވެސް މުހިއްމު ކަމެއްކަން ހަނދާން ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކާނާއަށް އަންނަ އެއްވެސް ބަދަލެއް ނުވަތަ ސިއްހީ ކަންބޮޑުވުމެއްގައި ވެސް ވާ ފަދައިން، ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ސިއްހީ ދާއިރާގެ ޕްރޮފެޝަނަލަކާ މަޝްވަރާ ކުރުމަކީ ރަނގަޅު ގޮތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!