މަތިންދާ ބޯޓަށް ދެކަމު އެކީ ހާޖިތަށް ދިޔަ މީހަކު ހައްޔަރު ކޮށްފި
ދެންމެ | 27 ޖޫން 2023

މުމްބާއިން ދިއްލީއަށް އުދުހުނު އެއާރ އިންޑިއާގެ މަތިންދުއްވާ ބޯޓެއްގައި ދަތުރުކުރި މީހަކު، ބޯޓު އުދުހެމުން ދަނިކޮށް، ބޯޓުގެ ތެރެއަށް ކުޑަގިފިލިކޮށް އަދި ބޮޑުގިފިލިކޮށްފައިވާތީ، ދިއްލީގައި އޭނާ ހައްޔަރުކޮށްފިއެވެ.

މިމަހުގެ ސައުވީސްވަނަ ދުވަހު، ފްލައިޓް ނަމްބަރު އޭ.އައި.ސީ 866 ގައި ދަތުރުކުރި މީހަކު، ގޮނޑީ ނަމްބަރު 17 އެފްގައި އިނދެ، އެގޮނޑިޔަށް ބޮޑުގިފިލިކޮށް، ކުޑަގިފިލިކޮށް، ބޯޓުގެ އެތެރެއަށް، ގޮނޑިޖެހި ސަފު ޑީ.އީ.އެފް އަށް، ކުޅުޖަހާފައިވާތީ، މިބޯޓުގެ ކެޕްޓަން، ދިއްލީގެ އައި.ޖީ.އައި އެއާރޕޯޓުގެ ފުލުސް އޮފީހަށް މިމައްސަލަ ހުށަހަޅާފައިވެއެވެ.

ދަތުރުވެރިޔާގެ މިބަދުއަޚްލާގު، ބޯޓުގެ ފަޅުވެރިންނަށް ފެނުނު ހިނދު، ބޯޓުގެ ފަޅުވެރިންގެ ސުޕަވައިޒަރ އަނގަބަހުން އޭނާޔަށް އިންޒާރުދިންކަމަށް، ފުލުސް އޮފީހަށް ބޯޓުގެ ކެޕްޓަން ހުށަހެޅި މައްސަލައިގައި ލިޔެފައިވެއެވެ.

ބަދުއަޚްލާގުގެ މިޢަމަލުތައް ކުރި ދަތުރުވެރިޔާއަކީ އެފްރިކާގެ ގައުމެއްގައި ކައްކާމީހެއްގެ ވަޒީފާއަދާކުރާ މީހެއްކަމަށްވެއެވެ.

”ބޯޓުގެ ކެޕްޓަން ކުރި ޝަކުވާޔަކާއި ގުޅިގެން، ބަދުއަޚްލާގުގެ ޢަމަލުތަކެއް ހިންގިކަމަށްބުނާ މީހަކު އަޅުގަނޑުމެން ހައްޔަރުކުރިން. މިމައްސަލައިގައި މިމީހާ ކޯޓަކަށް ގެންދެވުނު. އެކޯޓުންވަނީ ކަފާލަތުގެ ދަށުން އޭނާ ދޫކޮށްލާފައި. މިކަން، އިތުރަށް އެބަ ތަޙްގީގުކުރަން.“ ދިއްލީ ފުލުހުންގެ އިސް އޮފިޝަލަކު ރިޕޯޓަރުންގެ ގާތުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!