ރައީސް އިބުރޭގެ ކުރިން ރަށްރަށަށް އެސްއޯ ފުލުހުނާއި ސިފައިންގެ ފައުޖުތައް!
ދެންމެ | 01 އޯގަސްޓް 2023

ރައީސް އިބްރޭގެ ދެވަނަ ދައުރަކަށް ކެމްޕޭން ކުރަމުންދާއިރު އޭނާ ރަށްރަށަށް އެރުމުގެ ކުރިން އެސްއޯ ފުލުހުންނާއި ސިފައިންގެ ފައުޖުތައް ފޮނުވަން ފަށައިފި އެވެ.

ރައްޔިތުންގެ މެދުގައި ރައީސް އިބުރޭގެ ތާއީދު އިންތިހާއަށް ވެއްޓިފައިވާއިރު އޭނާ ގެންދަނީ ގަދަބާރުން ރަށްރަށަށް އަރައި ރައްޔިތުންނަށް ބިރު ދައްކައި ކެމްޕޭން ކުރަމުންނެވެ.

ރައީސް އިބްރޭ ފުވައްމުލަކަށް ދިއުމުން އެރަށު ރައްޔިތުން ވަނީ އިންތިހާއަށް ނުރުހުން ފާޅުކޮށް އިބުރޭ އާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ. މި މުޒާހަރާތައް ރޫޅާލުމަށް އިބުރޭގެ އޯޑަރަށް އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު ގަރުނަގޭސް ވެސް ޖެހި އެވެ.

މީގެ އިތުރުން ބިލަތްފަހިންނާއި އެހެންވެސް އިބުރޭ އަރާ ރަށަކުން ރައްޔިތުން ގެންދަނީ އިބުރޭގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މަސްހޫރު ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު ވެސް ވަނީ މިކަމާއި ގުޅިގެން ސިގު ރުޅި އަރައި ރައްޔިތުންނަށް ބަވާލައި ވަރުގަދަ އިންޒާރު ދީފަ އެވެ. މީގެ އިތުރުން މަހްލޫފް ވެސް ވަނީ ރައްޔިތުން ލޮލަށް މިރުސް އެޅިފައިވާ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!