އަދުރޭ މާރުކޭޓް ގޮޅިއަކަށް ވިކި ޔާމީނަށް ހަރާމްކޯރުވެ، މުއިއްޒުގެ ފޯމް ހުށަހަޅައިފި
ދެންމެ | 07 އޯގަސްޓް 2023

ޕީޕީއެމް ތެރޭގައި އުފެދިގެން އުޅޭ ހިޔާލު ތަފާތުވުން ތަކުގައި މަސްހޫރު ހިސާބު އުސްތާޒް ޓިނު އަދުރޭ މާރުކޭޓް ގޮޅިއަކަށް މޭޔަރ މުއިއްޒަށް ވިކިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިނު އަދުރޭ މުއިއްޒު ބައްލަވައިގެންފައި ވަނީ މާރުކޭޓް ގޮޅިއެއްގެ އިތުރުން ކުޑަ އަދަދެއް ޑޮލަރު ކޮޅަކަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މުއިއްޒަށް އަދުރޭ ވިއްކާލުމުގައި ސަރުކާރުގެ ތެރެއިން ބަގުރޫޓޭ ފެކްސަނުން ބުރަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަދުރޭ އިސްވެ ހުރެ މުއިއްޒުގެ ފޯމް ހުށަހަޅާފައި ވަނީ ރައީސް ޔާމީނާއި ދެކޮޅަ އެމަނިކުފާނުގެ ނިންމުން ބޮލާލައި ޖަހާފަ އެވެ.

ވައްކަން ކޮށްގެން އަރުވާލާފައިވާ އަދުރޭ އިސްވެހުރެ ރައީސް ޔާމީނަށް ހަރާމްކޯރުވެފައިވާއިރު އެމަނިކުފާން ވަނީ އިންތިހާބު ބޮއިކަޓް ކުރުމަށް އަންގަވާފަ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ބޮޑު ލޯނެއް ނެގުމާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި ރައީސް ޔާމީން އަދުރޭއަށް ވަނީ ފަހުގެ އިންޒާރުދީފަ އެވެ. އެފަހަރު ވެސް އަދުރޭ ސަލާމަތްވެފައި ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް އާދޭސް ދަންނަވާ ރޮއި އާދޭސް ކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!