ރައީސްކަމުގެ މަގާމަށް އިހްތިރާމާއި ގަދަރު ކުރުމަށް ކުރީގެ ޕީޖީ މުހްތާޒު ގޮވާލައިފި
ދެންމެ | 10 އޯގަސްޓް 2023

ރައީސްކަމުގެ މަގާުގައި ކޮންމެ ބޭފުޅެއް ހުންނެވި ނަމަވެސް އިހްތިރާމާއި ގަދަރު ކުރުމަށް ކުރީގެ ޕީޖީ މުހްތާޒު ގޮވާލައިފި އެވެ.

މުހުތާޒު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ޕާޓީއެއްގެ ބޭފުޅެއް މަގާމްގައި ހުންނެވި ނަމަވެސް މަގާމަށް އޮންނަށް ޖެހޭ ގަދަރެެއް އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

”ރައީސުލް ޖުމުހޫރިއްޔާގެ މަގާމުގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ހުންނެވިކަމުގައިވިއަސް އެމަނިކުފާނަށް އިހުތިރާމްކުރުމާއި އެކު ގަދަރުވެސް ކުރަންޖެހޭނެ. އެއީ ދީނީ އަދި ދުނިޔަވީ ނަޒަރުން ބެލިއަސް އެކަން އޮތް ގޮތް. އަދި އެއީ މީހާއަށްވުރެން ބޮޑަށް މަގާމަށް ކުރާ އިހްތިރާމާއި ގަދަރެކެވެ.“

މުހްތާޒު ޓުވީޓް ކުރައްވާފައި މިވަނީ އެމަނިފާން ނިސްބަތް ވަޑައިގަންނަވާ ހުވަދު އަތޮޅަށް ރައީސް ސޯލިހް ދަތުރުފުޅު ކުރައްވަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އަދި މި ދަތުރުފުޅުގައި ރައީސް ސޯލިހަށް ރައްޔިތުންގެ ފާޑުކިޔުން އިންތިހާއަށް ބޮޑުވެފައި ވަނި ކޮށެވެ.

ކުރީގެ ޕީޖީ މުހްތާޒަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހެވަޑައިގެން ހުންނަވާ ގައުމީވަންތަ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!