މިއަހަރުގެ ދައުލަތުގެ ބަޖެޓް ހުސްވެ، އަމިއްލަ މީހަކު އަތުން 844 މިލިޔަން ދަރަންޏަށް ނަގައިފި
ދެންމެ | 11 އޯގަސްޓް 2023

ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ’ޕްރައިވެޓް ކްރެޑިޓާ‘ އެެއްގެ އަތުން މި ލޯނު ނެގީ ޖުލައި 18، ގަ އެވެ. އެ މުއާމަލާތާ ބެހޭ އިތުރު އެއްވެސް ތަފްސީލުތަކެއް ފެންނާކަށް ނެތެވެ.

އެ ލޯނާ ގުޅޭ މައުލޫމާތު ހޯދަން މި ނޫހުން މަސައްކަތް ކުރި ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް އެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.

މިއީ ސަރުކާރުން މި އަހަރުގ ނެގި ތިން ވަނަ ލޯނެވެ. އެ ލޯނާ އެކީ، މި އަހަރުގެ މިހާތަނަށް ސަރުކާރުން ނެގި ލޯނުތަކުގެ އަގު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަނެއް ދެ ލޯނަކީ ވާލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ނަގާފައިވާ ލޯނުތަކެކެވެ.

ދިވެހި ދައުލަތުގެ ދަރަންޏާ މެދު، ހާއްސަކޮށް ބޭރުގެ ދަރަންޏާ މެދު، ބޭރުގެ މާލީގެ އިދާރާތަކުގެ ބޮޑެތި ކަންބޮޑުންތަކެއް އެބަހުއްޓެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ވަގުތު ދައުލަތުން އަނބުރާ ދައްކަން ޖެގޭ ”އެކްޓިވް“ 134 ލޯނެއް އެބައޮތެވެ.

މި ދަރަނީގެ ޖުމްލަ އަގަކީ 65.2 ބިލިއަން ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!