އިންޑިޔާ ކުންފުންޏަކުން ބޮޑު އަގުގައި 15 އަހަރަށް ކުއްޔަށް ނެގި ސަބްމެރިން ކޭބަލް ޕެއަރ ރާއްޖެއަށް ވައްދައިފި
ދެންމެ | 11 އޯގަސްޓް 2023

އިންޓަނެޓުގެ އަގުހެޔޮކުރުމުގެ ނަމުގައި ހެސްކިޔާފައި ބޮޑު އަގުގައި އިންޑިޔާ ކުންފުންޏަކުން 15 އަހަރަށް ކުއްޔަށް ނަގައިގެން ސަރުކާރުން އެޅި އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯސީއެމްއައިއޭއެކްސް) ކޭބަލް ރަސްމީކޮށް ރާއްްޖެއާ ގުޅާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޭބަލް ރަސްމީކޮށް ގުޅާލާފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކޭބަލްލޭންޑިންގ ސައިޓާއެވެ. މިކަން އިފްތިތާހް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިފަދަ ކޭބަލެއް ކުއްޔަށް ނަގައިގެން އާރުއޯއެލް އިން ވެސް ކުރިން ރާއްޖެއަށް އިންޓަރނެޓް ފޯރުކޮށްދީފައި ވެއެވެ. އެކާބަލް ކުއްޔަށް ނެނގި މުއްދަތު ހަމަވުމުން އެކޭބަލްގެ ހިދުމަތް މިހާރު ވަނީ ހުއްޓިފަ އެވެ.

ސަރުކާރުން ވިދާޅުވީ، ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫއަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްސަދުގައި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫއެއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުން މި ކޭބަލް ޕްރޮމޯޓް ކުރިނަމަވެސް މި ކޭބަލަކީ ކަރަޕްސަނުގެ ތެރެއިން ފައްޔާޒު ބޮޑު ކަޓްލައިގެން ރައްޔިތުންގެ ލާރި ބަނޑު އަޅާލުމަށް ކޮށްފައިވާ ބޭކާރު މަސައްކަތެއް ކަމަށް މާހިރުން ދެކެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!