ގާސިމް ގޮތަށް ގިރިފަޅާއި ހާތަކާއި ރަށްތައް ބޭނުންވާ މީހެއް މިކޯލިޝަނުގައި ނެތް: ރައީސް އިބުރޭ
ދެންމެ | 12 އޯގަސްޓް 2023

ރާއްޖެއިން ފަޅެއް ބޭނުންފުޅުވެލައްވާ އެއްވެސް ބޭފުޅެއް ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ނޫޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. ކުޑަފަރީގައި އޮތް ބަނދަރު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކޯލިޝަނުގެ ބައިވެރިންނަކީ ދިވެހި ދައުލަތަށް އެބޭފުޅުން ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ މާފު ކުރައްވަން ވެސް އެދިވަޑައިގަންނަވާނެ ބޭފުޅުންނެއް ނޫން ކަމަށެވެ.

އެގޮތުން ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ ކޯލިޝަންގެ ހިމެނޭ ލީޑަރުންނަކީ ފުދިގެން އުޅޭ ބަޔެއް ކަމަށާއި ސަރުކާރުގެ ހަމައެކަނި މަގްސަދަކީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުން ކަމަށެވެ.

ރައީސް ޞާލިޙުގެ ކޯލިޝަނަކީ ތަޖުރިބާ ލިބިފައިވާ ކޯލިޝަނެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭ ކޯލިޝަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމާއި، އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދަކީ 20 އަހަރުގެ ސިޔާސީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!