އިބޫގެ ޓީ ބޯން “ޓީ ވިތް އިބޫ“ ބާއްވަން ރޮޒައިނާ ނިންމައިފި
ދެންމެ | 13 އޯގަސްޓް 2023

އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމަށް ބާއްވާ “އުފާވެރި އަންހެނުންގެ” އިވެންޓް ”ޓީވިތްއިބޫ“ މުޅި ރާއްޖޭގައި ބޭއްވުމާއި ގުޅޭ ގޮތުން އެމް.ޑީ.ޕީ އަންހެނުންގެ ރޫހުން ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި އިވެންޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން ގުޅިފައިވާ ކޯލިޝަންގެ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ޒޫމް މެދުވެރިކޮށް މިއަދު ވަނީ ހާއްސަ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާ ކުރެވެނީ 18 އޯގަސްޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފާވެރި އަންހެނުންގެ އިވެންޓް (ޓީވިތްއިބޫ) މުޅި ރާއްޖޭގައި އިންތިޒާމްކޮށް، މުޅި ރާއްޖޭގައި ރައީސް އިބޫއަށް ތާއީދު ކުރައްވާ ހުރިހާ އަންހެނުން މި އވެންޓްގައި ބައިވެރިވެވޭނެ ގޮތް ހަމަޖެއްސުމަށްކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ މި އިވެންޓަކީ ރައީސް ސާލިހު ބައިވެރިވެވަޑައިންނަވާ އަންހެނުންނަށް ޚާއްސަ ކުރެވިގެން ބާއްވާ ހަވީރު ސައެއްކަމަށެވެ. މިގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި މި ސައި ކުރިއަށް ގެންގޮސް އަދި މާލޭގައި ރައީސް ބައިވެރިވެޑައިންނަވާ ހަފްލާ ހުރިހާ ހަރުގެއެއްގައި ލައިވްކޮށް ދައްކާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ހަރަކާތާއި ގުޅޭ ބައްދަލުވުންތައް ޗެއަރ ކުރެއްވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއި ރޮޒެއިނާ އާދަމްއެވެ. މިބައްދަލުވުންތަކުގައި އެމްޑީޕީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީ އާއި އެމްޑީއޭ އާއި އޭޕީގެ އަންހެން ކައުންސިލްގެ އިސް ބޭފުޅިން ބައިވެރިވޑައިގެންނެވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރިޔާސީ އިންތިޙާބުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިޔުމަށް މަޝްވަރާކުރެވުނުކަމަށާއި އަދި ކެމްޕެއިންގައި އަންހެނުންގެ ދައުރު މިހާރަށް ވުރެވެސް ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!