ހައިކޯޓުގެ ފަނޑިޔާރު ހަމީދު ވަކިކޮށްފި.
ދެންމެ | 06 ޖޫން 2022

ޖޭއެސްސީން މަޖިލީހަށް ފޮނުވިގޮތަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ވޯޓު ނަގާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރަން ފޮނުވީ އިޖުރާތްތަކާއި ހިލާފަށްކަމަށް ބުނެ ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓު އެ ތަޅުމުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

މި މައްސަލަ ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހެންކަމުން މިއަދު މަޖިލީހުގައި ވޯޓަށް އެހީ ހަމައެކަނި، ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށެވެ.

ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީން އިޖުރާތްތައް ފުރިހަމަ ނުކުރާތީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގެ ރިޕޯޓު ހުށަހަޅުއްވަމުން ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިއާޒް ފަހުމީ ވިދާޅުވީ، ފަނޑިޔާރުންނަށް ޖަވާބުދާރީ ވާން ފުރުސަތު ދީފައިނުވާކަން ފަހަގަކުރެވޭ ކަމަށެވެ.

އިންތިއަށްފަހު ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެނާ ދެކިލައްވަނީ ޖޭއެސްސީއަށް ރިޕޯޓު އަލުން ފޮނުވައި، ”އިޖުރަތްތައް ފުރިހަމަ ކުރުމަށްފަހު“ އަލުން މަޖިލީހަށް ހުށަހެޅުންޖެހޭކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި މަޖިލީހުންވެ އިޖުރާތްތައް ހަމަނުކުރާނަމަ 17 ވަނަ ރައްޔުތުންގެ މަޖިލީހާ 18 ވަނަ ރައްޔިތުންގެ މަޖިލީހާ އޮތް ތަފާތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!