ފުރަތަމަ ގޯތި ލިބޭ މީހުންގެ ތެރޭގައި ރޮޒައިނާ އާއި ސަރުކާރުގެ ގިނަ ވެރިން ޖާގަ ކަށަވަރު ކޮށްފި
ދެންމެ | 14 އޯގަސްޓް 2023
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ތެރެއިން ފުރަތަމަބުރުގައި ގޯތި ލިބޭ ދާއިމީ ލިސްޓުގައި 18,955 މީހުންގެ ލިސްޓް ރޭ ދަންވަރު އާއްމުކޮށްފިއެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ވަގުތީ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހުއެވެ. އަންގާރަ ދުވަހު ގޯތި ދޫކުރަން ފެށި ނަމަވެސް ހުޅުމާލެ ފިޔަވައި ދެން ގޯތި ދޭން ބިން ކަނޑައަޅާފައިވާ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމެއެވެ.

ގޯއްޗަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ.

ރޭ ދާއިމީ ލިސްޓް އާއްމު ކޮށްފައިވަނީ ޖޮއިންޓް ވުމަށް ފުރުސަތު ހުޅުވާލުމަށް ފަހުގައެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެއެވެ. މީގެ ތެރެއިން 19،639 މީހުންނަށް ގޯތި ލިބުމުގެ ޝަރުތު ފުރިހަމަވެއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18,955 މީހުން ހިމެނެއެވެ.

އަދި ގޯތި ނުލިބެނީ 684 ފަރާތަކަށެވެ. އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވަނީ ބިން ލިބިގެންނެވެ.

ޕްލޭނިންގ މިނިސްޓްރީން ރޭ އާއްމު ކުރި އިއުލާނުގައި ބުނެފައި ވަނީ ދާއިމީ ލިސްޓްގައި “ފުރަތަމަބުރުގައި ގޯތި ލިބޭ” ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަނީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތައް ކަަމަށެވެ. އަދި ދާއިމީ ލިސްޓްގައި “ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ” ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެވެ.

އެ އިއުލާނުގައި ވަނީ ދާއިމީ ލިސްޓްގެ “ފުރަތަމަ ބުރުގައި ގޯތި ލިބޭ” ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން އެ މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި، ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދެވުމަށް އަންގައިފައެވެ.

މިގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީއާއިން އަންގަމުންގެންދާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ޕްލެނިންގ މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު ހުޅުމާލެ އިން 1،351 ގޯތި ދޫކުރަން ނިންމާފައިވާއިރު، ގުޅީފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.

މީގެ ތެރެއިން ހުޅުމާލެ އިން ގޯތި ދޫކުރަން ނިންމާފައި ވަނީ ފޭސް ދޭއްއިންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!