ރިސޯޓް މުވައްޒަފުންނަށް ސަރުކާރުތަކުން އަޅާލުމެއް ނެތީ ކީއްވެ!
ދެންމެ | 15 އޯގަސްޓް 2023

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓުއަރިޒަމް އިންޑަސްޓްރީއެވެ. ދިވެހިރާއްޖޭގެ އިގްތިސާދު ނަގަހައްޓަން އެންމެ ބުރަ މަސައްކަތެއް ކުރަނީ އެ އިންޑަސްޓްރީގެ މުއްޒަފުންނެވެ.

އެމީހުން މަސައްކަތް ކުރަނީ އަނބިދަރިންނާއި އާއިލާއާ ދުރުގައެވެ. އެމީހުންގެ މުޅިއުމުރުގައި އެމީހުން އާއިލާއާއެކު ހޭދަކުރަން 3 އަހަރު ދުވަސް ނުލިބެއެވެ. އުމުރުގެ ބާކީހުރިހާ އަހަރުތައް ހޭދަކުރަނީ ރިސޯރޓުތަކުގައެވެ. އާއިލާއާއި ދުރުގައެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ މުއައްޒަފުންނަށް ޚާއްސަ ހައުސިން ސްކީމެއްނެތެވެ. އެ މީހުންނަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދީފައި ނުވެއެވެ. އެއީ ކީއްވެގެންތޯއެވެ؟

އެމީހުން މަސައްކަތްކުރާ ސަރަހައްދުގައި ހިންގާ ހައުސިން ޕްރޮގްރާމު ތަކާއި އެމީހުން ހައުސިން އަށް އެދޭ ސަރަހައްދުން ބޯހިޔާވެހިކަން ކަށަވަރުކޮށްދޭން ޖެހެއެވެ.

ސަރުކާރުގެ ކުންފުނި ތަކާއި ސިވިލް ސަރވިސް މުއައްޒަފުންނަށް ހައުސިން ޕްރޮގްރާމުގެ ދަށުން ހައުސިން ދެވެއެވެ. ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހައުސިން ނުދެވެއެވެ. އެފަދަ ޕްރޮގްރާމެއް ނެތެވެ. އެމީހުންނަށް އަމާޒްކޮށް ހައުސިން ސްކީމެއް ސަރުކާރަކުން ހިންގާފައި ނެތެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ތިރީސް ހާސް މީހުންވަނީ ބާކީ ކުރެވިފައެވެ. އެމީހުންނަށް ފުލެޓް ދޭންޖެހެއެވެ.

ރިސޯޓް މުވައްޒަފުންނާއި ތަނުގެ ވެރިންގެ ބުރަ މަސައްކަތުން ދައުލަތަށް އެތައް މިލިޔަން ޑޮލަރެއް ޓެކްސްގެ ގޮތުގައި ދައްކަ އެވެ. ސަރުކާރު ކުންފުނިތަކާއި ސިވިލް ސާރވިސް މުވައްޒަފުން މުސާރަ ދެނީ އަމިއްލަ ވިޔަފާރިތަކުން ދައްކާ ޓެކްސް ފައިސާއިން ނެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!