ފެން ވެރުމާއި ބުއިމުގައި ހައްދެއް އޮވޭ ތަ!
ދެންމެ | 17 އޯގަސްޓް 2023

އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ނިޒާމެއްމެ މަސައްކަތް ކުރަނީ ވަރަށްވެސް އާދަޔާ ހިލާފު ގޮތަކަށެވެ. މިކަން ވިސްނާ ފިކުރުކޮށްފި ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަހަރެމެންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ގިނައިން ފެން ބޭނުން ކުރަން ޑަކްޓަރުން އިރުޝާދު ދެއެވެ. މިބުނާ ގިނަ މިންވަރަކީ ކޮބައިތޯއެވެ؟ މަދުވެގެން 8 ތަށި ފެނޭ ނުވަތަ 12 ތަށި ފެނޭ ބުނާތީ އަޑު އިވެއެވެ. ނަމަވެސް ގިނަވެގެން ފެން ބޮވޭނެ ވަކި މިންވަރެއް އޮވޭ ހެއްޔެވެ؟

 

އިންސާނާ ބޯ ފެނުގެ އެއްބައި ދަނީ ބޮޑުކަމުދާ ތަކެއްޗާއި އެކުވެގެންނެވެ. އަނެއްބައި ދަލުގެ ގޮތުގައި ބޭރުވެއެވެ. އަދި އެހެނިހެން ގޮތްތަކުން ބޭނުން ކުރެވެއެވެ. މީގެ ތެރެއިން ފެނުގެ ބޮޑުބައެއް ދަނީ ލޭގެ ތެރެއަށެވެ. ލޭގެ ތެރެއަށް ދާ ފެނުގެ މިންވަރުތައް ގުރުދާގެ ތެރެއިން ސާފުކޮށްދީ ފުރާނާދެއެވެ. ލޭގެ ތެރެއިން ފެނާއި އެކުވެދާ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތަކާއި ލޭގެ ތެރޭގައި ހުންނަ ބޭކާރު ވިހަ ބައިތައް ސާފުކޮށްދެނީ ގުރުދާއިންނެވެ. މިގޮތުން ގުރުދާގެ ތެރެއިން ލޭ ދައުރުވަމުންދާ ވަރަކަށް މި މަރުހަލާ ކުރިއަށް ދެއެވެ. ގުރުދާގެ ތެރޭގައި ހުންނަ ނެފްރޯންސް ނަމަކަށް ކިޔާ ކުދި ކުދި ގުނަންތަކަކުން މި މަސައްކަތް ކުރާއިރު، ކުޑަކަމުދާ ތަކެތީގެ ގޮތުގައި ވަކިކުރާ ބޭކާރު ބައި، ހޮޅިއެއްގެ ތެރެއިން މަސާނާއަށް ފޮނުވައިދެއެވެ.

 

އިންސާނާގެ ހަށިގަނޑުގައި ދެ ގުރުދާ އިންނައިރު، އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކޮންމެވެސް އެއް ގުރުދާއެކެެވެ. އެގޮތުގެ މަތިން ދުޅަހެޔޮ ކޮންމެ ގުރުދާއެއްގައިވެސް، އެއްގަޑިއިރު ތެރޭގައި 800 އެމްއެލް އާއި 1 ލީޓަރުގެ ކުޑަކަމުދާތަކެތި އުފައްދައި ދިނުމުގެ ގާބިލުކަން ލިބިފައި ވެއެވެ. އެވްރެޖްކޮށް ބަލާނަމަ މިއީ ރެއާއި ދުވާލުގެ ތެރޭގައި 20 ލީޓަރުގެ ކުޑަކަމުދާ ތަކެއްޗެވެ.

 

ކަންމިހެން ހުރުމާއި އެކު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެއް ގަޑި ތެރޭގައި ދުޅަހެޔޮ ގުރުދާއަކުން އެއްމެ ގިނަވެގެންވެސް އުފައްދައިދެވޭނީ 1 ލީޓަރު ކުޑަކަމުދާ ތަކެއްޗެވެ. އެހެންކަމުން ރެއާއި ދުވާލު، ކޮންމެ އެއް ގަޑި އިރަކުން 1 ލީޓަރަށް ވުރެ ގިނަ ފެން ބުއިމަކީ ސިއްހީގޮތުން މައްސަލައެކެވެ. އަދި ރެއާއި ދުވާލު، ޖުމުލަ 22 ލީޓަރަށްވުރެ ގިނައިން ފެން ބުއިމަކީ ސިއްހީ ގޮތުން މައްސަލައެކެވެ. ނުވަތަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ފެން ބުއިމުގާ ގިނަ މިންވަރަކީ މިއީ ކަމުގައި ސިއްހީ މާހިރުން ދެކިލައްވައެވެ.

 

ކަންމިހެން ހުރިނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ނުވާ މީހާ އަށް ނުވަތަ ގުރުދާގެ ބައްޔެއް ނުވަތަ މައްސަލައެއް ހުންނަ މީހާ ނުވަތަ ކުޑަކަމުދާ ނިޒާމުގައި މައްސަލައެއް ހުންނަ މީހާއަށް ގިނަ މިންވަރަކީ މިއީ ކަމުގައި ނުވާނެއެވެ. އެހެންކަމުން ސިއްހީގޮތުން ފުރިހަމަ ސިއްހަތެއް ލިބިފައި ނުވާ މީހާ، އޭނަައަށް ފެން ބުއިން އެއްމެ ގިނަ މިންވަރެއް ސާފުކޮށް އެނގުމަށްޓަކައި ޑަކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!