ގާސިމް ރައްޔިތުން ގާތަށް އަތޮޅު ތަކަށް
ދެންމެ | 18 އޯގަސްޓް 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޤާސިމްގެ ކެމްޕޭނު ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅަށެވެ.

ހދ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ޤާސިމް ފައްޓަވާނީ މިއަދު ކަމަށެވެ. އެގޮތުން ޤާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

ހދ. އަށްފަހު ދެން ޤާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅަށެވެ. ށ.އަތޮޅުން

ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޖޭޕީ އިން މަޢުލޫމާތު ދެއްވި އެޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ދުވަސްކޮޅު މަދުވެފައި ވީ ނަމަވެސް ޖޭޕީގެ ކެންޑިޑޭޓާއި ރަނިންގމޭޓު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ބައެއް ރަށްރަށަށް ދެބޭފުޅުން އެކުގައިވެސް ވަޑައިގަންނަވާނެ ކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ޢަލީ ޞާލިޙް ވިދާޅުވީ ޤާސިމް ބައެއް ރަށްރަށުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާނީ ޖަލްސާ ތަކުން ކަމަށާއި އަދި ބައެއް ރަސް ރަށުން ގޭގެއަށް ގޮސްވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކުން ދަނީ ކެމްޕޭނުގެ ފޯރި ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!