33 އަހަރުގެ ފުވައްމުލަކު މީހަކު 73 ފަހަރު ފުލުހުން ހައްޔަރު ކޮށްފި
ދެންމެ | 18 އޯގަސްޓް 2023

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކު، އެކި ކުށްތަކުގައި މިހާތަނަށް 73 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ބަންދު ރެކޯޑްތަކުން ދައްކައިފިއެވެ.

މި މީހާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު, ބަންދު އަމުރުގައި ބުނެފައި ވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން ބަޔާން އަދި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޕްޓްސް ހުށަހަޅާފައިވާ ކަަމަށް ބުނެފައި ވެއެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ހައްޔަރު އަދި ބަންދު 73 ރެކޯޑް އެބަ އޮތެވެ.

އަދި އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!