ރިޔާސީ ކެމްޕޭންގެ ދަތުރު ގާސިމް ފައްޓަވައިފި
ދެންމެ | 18 އޯގަސްޓް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ.

ގާސިމް އަރިހުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދަތުރު ފެށުމުގެ ކުރިން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނައްޓާލީ ގާސިމް އަދި އަމީން އާއިއެކު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަފާތު ހެޔޮވެރިކަމެއް ހޯއްދަވައި ދެއްވަން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ރަސްމީކޮށް ކެމްޕޭން ފެއްޓެވީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން އޭނާގެ އުފަންރަށް އދ.މާމިގިލީގައެވެ. ނަމަވެސް އަދި މިހާތަނަށް ގާސިމް ކެމްޕޭނަށް އެއްވެސް ރަށަކަށް ވަޑައެއް ނުގަންނަވައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕް މިއަދު ކެމްޕެއިނަށް ފުރާވަޑައިގަތުން

ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ މެނިފެސްޓޯ މިހާރު އިއުލާން ކުރައްވާފައެވެ. އެޕާޓީގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމާއި، އެކަށީގެންވާ ބޭސްފަރުވާއެއް ފޯރުކޮށްދިނުމާއި އިންޓަނެޓްގެ އަގު ހެޔޮ ކުރުން ވެސް ހިމެނެއެވެ.

ޖުމްހޫރީ ޕާޓީން މައުލޫމާތު ދިން ގޮތުގައި ގާސިމް އާއި އޭނާގެ ރަނިންމޭޓް ޑރ.އަމީން އިބްރާހިމް މިއަދު ފުރައިވަޑައިގެންނެވީ ހދ.އަތޮޅާއި ށ.އަތޮޅުގެ ބައެއް ރަށްތަކަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ މެނިފެސްޓޯ މިހާރު އިއުލާން ކުރައްވާފައެވެ. އެޕާޓީގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމާއި، އެކަށީގެންވާ ބޭސްފަރުވާއެއް ފޯރުކޮށްދިނުމާއި އިންޓަނެޓްގެ އަގު ހެޔޮ ކުރުން ވެސް ހިމެނެއެވެ.

ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވެސް އަންނަނީ ކެމްޕޭނަށް ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އޭގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ރަށްތަކަށް ދަތުރު ކުރައްވައެވެ. ނަމަވެސް އެހެން ކެންޑިޑޭޓުން އަދި ރަށްތަކަށް ދަތުރެއް ނުކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!