ރައީސް އިބުރޭގެ ރޯގަލުގެ ބައްޔަށް އެންމެ ރަގަޅީ ކެރެޓް ޖޫސް
ދެންމެ | 19 އޯގަސްޓް 2023

ކެރެޓަކީ ފައިދާހުރި ރަހަމީރު ތަރުކާރީއެކެވެ. ފޮނިރަހަދޭ ކެރެޓަކީ ޖޫސް ތައްޔާރުކުރުމަށް ވަރަށް ރަނގަޅު ބާވަތެކެވެ. ކެރެޓް ކެއުމުގައި ބޭނުންކުރުމުން ބަނޑުހަރުވުމާއި ދުރުވެ، ކޮލެސްޓްރޯލް ދަށްވުމަށް އެހީތެރިވެ ލޮލަށް ފައިދާކުރެއެވެ. އަދި އޮރެންޖް ކެއުމުގައި ބޭނުންކުރުމުން ވިޓަމިންގެ އިތުރަށް ހަށިގަނޑަށް ތާޒާކަން ލިބެއެވެ. އިނގުރަކީ ރޯގާ ރަނގަޅުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.

 

ބޭނުންވާތަކެތި:

4 ކެރެޓް

3 އޮރެންޖް

1/2 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައިހުރި)

ތައްޔާރުކުރާނެ ގޮތް:

ކެރެޓް އަދި އޮރެންޖް މަށާލާށެވެ. އެއަށްފަހު ކެރެޓް އަދި އޮރެންޖާއި އިނގުރު އެއްކުރުމަށްފަހު ހިމުންކޮށްލާށެވެ. ފެން އެޅުމަށްފަހު ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލާށެވެ. މިއީ ރޯގާޖެހި ބަލިވެ އުޅޭއިރު ބޯން ވަރަށް ރަނގަޅު ފައިދާހުރި ޖޫހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!