ރައީސް އިބުރޭ ބޮޑަށް މަތީ ތައުލީމް ދިނީ އަންހެނުންނަށް: ރޮޒައިނާ
ދެންމެ | 19 އޯގަސްޓް 2023

މަތީ ތަޢުލީމު ޙާސިލު ކުރަން މި ސަރުކާރުން ދިން ލޯނުގެ 58 އިންސައްތަ ދީފައިވަނީ އަންހެނުންނަށް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ”އުފާވެރި އަންހެނުން- ޓީ ވިތު އިބޫ“ގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ވިދާޅުވި ގޮތުގައި، ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ މިހާތަނަށް 4026 އަންހެނުންނަށް ލިބިފައިވެއެވެ.

އަދި ނަރުހުންގެ މުސާރަ ބޮޑުކޮށް، ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް ހަމަޖެއްސެވީ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތާއި އަމިއްލަ ވިޔަފާރިތައް ހިންގުމާއި ވިހެއުމުން ދޭ ޗުއްޓީ އާއި އަންހެން މީހާ ވިހެއުމުން  އެހީވުމަށް ފިރިމީހާއަށް ދޭ ޗުއްޓީ އާއި ތަޢުލީމީ ގޮތުންނާއި ސިޔާސީ ގޮތުން، ރައީސް ޞާލިޙުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުވައިފައިވާ ކަމަށެވެ.

ރޮޒައިނާގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތުތަކުން ފައިދާވި އެކި އަންހެނުންގެ މިސާލުތައް ނެންގެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!