މެމްބަރު ސިރާޖް، މުއިއްޒު ބައްލަވައިގެންފި
ދެންމެ | 21 އޯގަސްޓް 2023
އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.

ސިރާޖުވަނީ ޑރ.މުއިއްޒަށް ތާއީދު ކުރަން ނިންމެވިކަން މީގެ ކުޑަ އިރުކޮޅެއް ކުރިން މުއިއްޒާއި ބައްދަލު ކުރެއްވުމަށްފަހު އިއުލާންކޮށްފައެވެ.

ސިރާޖުވަނީ 2018 ވަނަ އަހަރު ލ.އަތޮޅުން އެމްޑީޕީ ކެންޑިޑޭޓު މެޖޯރިޓީ ނެންގެވި ނަމަވެސް ކުރިއަށް އޮތް އިންތިހާބުގައި އެކަން ބަދަލު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ މިއަދުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ސިރާޖު ޕީޕީއެމާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ. މުއިއްޒަށް ތާއީދު ކުރަން ނިންމި ނަމަވެސް ސިރާޖު ޕީޕީއެމަށް ސޮއިކޮށްފައެއް ނުވެއެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 55 އަށް ތިރިވެފައެވެ. ⇐

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!