ރައީސް އިބުރޭ ވާހަކަ ދައްކާ އިރު އަތް ޖަހަން މަބުރޫކް އެބަ ކިޔައިދޭ: ވައްޑެ
ދެންމެ | 23 އޯގަސްޓް 2023
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާއިރު އަތްތިލަބަޑި ޖަހާނެ ގޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަންގަމުން ގެންދެވި ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައްޑެވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް މަޖްލީސް ހިންގޭނެ ޖާގަ ސަރުކާރުން ނުދޭކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވްކުރަން ވެސް އަންގައިފައިވާ ކަމަށެވެ.

”ދައްކަންވީ ވާހަކަ މަބްރޫކު އެބަ ކިޔައިދޭ“ ވައްޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މާ މާތް މީހެއް ކަމަށް ދެއްކިގެން ތަންތަނަށް އަރާ ވާހަކަ ދައްކަވާއިރު އެމަނިކުފާނުގެ ވަނީ ގާނުނީ ދައުލަތެއްގެ ގާނޫނީ ހައިސިއްޔަތު ނަގާފައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވައްޑެ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!