ގޯތި ލިބުމުން ރައީސް އިބުރޭއަށް ތާއީދު ކުރުމަށް އިލްމްވެރިންނަށް އިޔާޒު ގޮވާލައިފި
ދެންމެ | 23 އޯގަސްޓް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޑރ. މުހައްމަދު އިޔާޒް އަހްމަދު ހުރިހާ ދީނީ އިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން، ރައީސް ސޯލިހަށް ތާއިދު ކުރައްވާ ސަބަބު ހާމަކޮށްދޭން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ.

”މޫނުބުރުގާ އަޅާ ޓީޗަރުންނަށް ލިބުނު ނަސްރާއި ކާމިޔާބީ އާއި މެދު ދިރާސީ ނަޒަރަކުން ބަލައިފިނަމަވެސް ފުދޭހާވެއެވެ. ތައައްސުބްގެ ގޮތްގަނޑު ދޫކޮށްލާ ހުރިހާ ދީނީ އިލްމުވެރިން ރައީސް ސޯލިހަށް ތާއިދު ކުރެއްވުމަށް އިލްތިމާސް ކުރަން.“، އިޔާޒްގެ ޓްވީޓްގައި ވެއެވެ.

އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވާއިރު، އެ ޕާޓީން ވަނީ ރައީސް ސޯލިހް ދެވަނަ ބުރަކަށް ހޮވުމަށްޓަކައި ތާއިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!