ޑޮލަރު އަގު ބޮޑު ނުވީ ރައީސް އިބުރޭގެ ބުއްދިފުޅު މޮޅުކަމުން: މާރިޔާ
ދެންމެ | 23 އޯގަސްޓް 2023
ކޮވިޑުގެ ބަލިމަޑުކަމާއެކު ދިމާވި އިގްތިސާދީ ދަތިތަކާއެކުވެސް ސަރުކާރުން ވާނީ ޑޮލަރުގެ އަގު މެއިންޓެއިންކޮށްފަ (އެއްވަރެެއްގައި ހިފަހައްޓާފަ) ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެންވިދާޅުވީ މިއަދު ހޮޓެލްޖެންގައި ބޭއްވެވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެއްޖެކަމަށް ވުނެ ބައެއް މީހުން ވާހަކަ ދައްކަމުން އަންނަކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރަށް ކޮވިޑް ތެރެގައިވެސް ބޮޑެތި ދަތިތަކެއް ދިމާވިނަމަވެސް، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކުރަމުން ދިޔަކަން މާރިޔާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންނަކީ ކޮވިޑުގެ ހާލަތާއެކުވެސް ޑިލަރުގެ އަގު މެއިންޓެއިންކުރިބައެއް،“ – މާރިޔާ-

އޭގެ އިތުރުން މާރިޔާވަނީ ޕީޕީއެމްގެ ސަރުކާރުގައި ކެމްޕޭނުކުރަން ދައުލަތުގެ މުދާ ބޭނުންކުރާނެކަމަށް ބުނެފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ މިހާރުވެސް އެމްޑީޕީގެ ކެމްޕޭނު ކުރިއަށްދަނީ ދައުލަތުގެ މުދާ ބޭނުންނުކޮށްކަމަށެވެ. އަދި ކެމްޕޭނުގައި ދައުލަތުގެ މުދާ ބޭނުންނުކުރާނެކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި މާރިޔާވަނީ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން މާލޭ ސިޓީކައުންސް ހުއްދަނުދިނުމުން އެ ކަންބޮޑުން ފާޅުކުރައްވާފައެވެ. ސިޓީކައުންސިލުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސްއަޅާކަމުގެ ތުހުމަތު މާރިޔާ އެ ދުވަހު ކުރެއްވިއެވެ. ނަމަވެސް މިއަދު މާރިޔާ ވިދާޅުވީ މީޑިއާތަކުން އެ ވާހަކަ ދެއްކުމުން 1 ސެޕްޓެމްބަރުގައި އެމްޑީޕީން މާލޭގައި ބާއްވާ ޖަލްސާއަށް ސިޓީކައުންސިލުން ހުއްދަ ދީފައިވާކަން އިއުލާނުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!