ކޭޕާކުން އެޕާޓްމެންޓް ގަތް މީހުންގެ ހައްގު ގެއްލޭ ގޮތަށް އާބަންކޯއިން ޗައިނާ ހިއްސާދާރާއި އެކު އެއްބަސްވުމެއް ހަދަން ނިންމައިފި
ދެންމެ | 23 އޯގަސްޓް 2023

ކޭޕާކުން އެޕާޓްމެންޓް ގަތް މީހުންގެ ހައްގު ގެއްލޭ ގޮތަށް އާބަންކޯއިން ޗައިނާ ހިއްސާދާރާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުން ޗައިނާ ހިއްސާދާރާއި އެކު އާބަންކޯއިން ހެދުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދަށުން މިހާރު އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކުގެ އެޕާޓްމެންޓް ގަނެފައިވާ އަގު ބޮޑު ކުރުމުގެ ހައްގު އެފަރާތަށް ލިބިގެންދާނެ އެވެ.

އެ އިމާރާތާ އިންވެގެން ހުރި ޖާހުގެ ގާޑެންސް ފްލެޓުތައް ނުނިމި ދިގުލައިގެން ދިއުމުން އެޗްޑީސީން އަތުލާފައިވީ ނަމަވެސް، ކޭޕާކަށް އެފަދަ ހައްލެއް ވެސް ލިބިފައިނުވާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ 2016 ވަނަ އަހަރުން ފެށިގެން ހަދަމުން ދިޔަ ކޭޕާކް މަސައްކަތް އަދިވެސް ނުނިމި ވަނީ ހުއްޓިފައެވެ.

އެ އިމާރާތްކުރި ހަންބޯ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަކަރާއި، ހީލަތުގެ މައްސަލައެއް ޖެހި، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރު ވެސް ކުރިއެވެ.

މަންޑޭގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށެވެ. އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކުމާއި، ކާރު ފަަދަ މުދާ އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި ނެގުން އަދި ނުއަގުގައި އެޕާޓްމެންޓު ވިއްކުމުގެ އިތުރުން އޭނާ އެކު މި ބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތަކަށް ހިލޭ އެޕާޓްމެންޓްދީ އެގްރީމެންޓް ހަދާދީފައިވާ މައްސަލަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!