މިނިސްޓަރު ކަމުން އައިޝާ ވަކި ކުރިއަސް ފަރުވާލެއް ނެތް: ޤާސިމް
ދެންމެ | 24 އޯގަސްޓް 2023

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ގާސިމް އިބްރާހިމް ގެ އަނބި ކަނބަލުން ޢާއިޝަތު ނަހުލާ އެ މަގާމުން ވަކި ކުރެއްވިޔަސް ނުކުރެއްވިޔަސް އެމަނިކުފާނުގެ ފަރުވާލެއް ނެތް ކަމަށާއި ޔާގިންވާކަމަކީ ޤާނުނާއި ގަވާއިދާއި ހިލާފު ކަމެއް ކުރަން އެންގި ކަމުގައި ވިޔަސް އެކަމަނާ އެފަދަ ކަމެއް ނުކުރައްވާނެ ކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނ ލަންދުއަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ، އަނބިކަނބަލުން އައިޝަތު ނަހުލާ ހުންނަވާނެ ދުވަހަކު އެ މަގާމުގައި ހުންނަވަންވީ ކަމުގައްޔާއި އެހެން ނޫނީ ރައީސުލްޖުމްހޫރިއްޔާ އެ ކަމަނާ އެ މަގާމުން ވަކި ކުރައްވާނީ ކަމުގައެވެ. އަދި އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ގާސިމްގެ އަންހެނުން މިހާރު ވެސް ޓްރާންސްޕޯޓު މިނިސްޓަރޭ, އައިޝާ. ޓްރާންސްޕޯޓު މިނިސްޓަރު ކަމުން, އަޅުގަނޑުމެން މި ވެރިކަން ގެނައީ. މިހާރު ވެސް ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި އެ ހުންނަވަނީ. ގާނޫނާ ހިލާފަށް ކަމެއް އެންގިޔަސް އޭނަ ނުކުރާނެ

ގާސިމް އިބްރާހިމް

 

މީގެ އިތުރުން ގާސިމް ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރިއާ ހަވާލުކޮށްފައި ވަނީ ކުޑަކުޑަ މެންޑޭޓެއް ކަމަށާއި އަދި ބޮޑު މަސްއޫލިއްޔަތެއް ހަވާލުނުކުރާ ކަމަށާއި އެ ވާހަކަތައް ނުދައްކަވަނީ ފަސް އަހަރުގެ ދައުރެއް ސަރުކާރަކަށް ލިބޭއިރު ރައްޔިތުންގެ މެދުގައި ހަމަޖެހުން ބާއްވަން ބޭނުންވާތީ ކަމުގައެވެ.

އަދި ހަމަ އެޔާއެކު ގާސިމްގެ ވާހަކަފުޅުގައި ވަނީ ކުޑަކުޑަ ކުދިންކޮޅު ދޫކޮށްލާފައި ރައީސް ޞާލިހު ހޮވަން ސަލާން ޖަހައިގެން މަގުމަތީގައި ނަހުލާ އުޅުއްވި ކަމަށާއި ޓްރާންސްޕޯޓު މިނިސްޓްރީ ހަދާފައި ހަވާލުކުރީ އެ މިނިސްޓްރީގެ ކޮށައި ނަގައިފައިވާ އޮނިގަނޑު ކަމަށެވެ.

ދެހާސް އަށާވަރަ ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީ އިސްވެ އޮތް ކޯލިޝަނުން ކާމިޔާބުކުރިއިރު ޖޭޕީއަކީ މުހިންމު ބައިވެރިޔެކެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކެބިނެޓު ވަޒީރެއްގެ ގޮތުގައި ނަހުލާ އައްޔަން ކުރެއްވީ ޖޭޕީގެ ސްލޮޓަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!