ރައީސް އިބުރޭ ވައްޓާލައި ޑިމޮކްރިޓިކުން ދެ ވަނަ ބުރަށް ދާނެ ކަން ޔަގީން: އަމުރް
ދެންމެ | 24 އޯގަސްޓް 2023

ރައީސް އިބުރޭ ވައްޓާލުމަށް ފަހު ދެވަނަ ބުރަށް ދަތުރު ކުރެވޭކަން މިހާރު ޔަގީން ވެފައިވާ ކަމަށް ޑިމޮކްރިޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމުރް ވިދާޅުވެއްޖެ އެވެ.

މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން އަމުރް ވިދާޅުވީ ޕާޓީ އުފައްދައިގެން ރިޔާސީ ރޭހަށް ނިކުމެ ވަޑައިގެންނެވި އިރު އެބޭފުޅުން އޮތީ 3 ވަނަގައި ކަމަށާއި އެހެންނަމަވެސް މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

އަމުރް ވިދާޅުވީ ކުރިއަށް އޮތް ގާތް ގަނޑަކަށް 17 ދުވަސް ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހް ބަދަލުވެގެން ދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!