ރައީސް އިބުރޭ ނާޅަން ބުނި ވިލިނގިލި-ކޫއްޑޫ ބުރިޖް އަޅާނެ ކަމަށް އަމުރް ވައުދު ވެއްޖެ
ދެންމެ | 24 އޯގަސްޓް 2023

ރައީސް އިބުރޭ ނާޅަން ބުނި ވިލިނގިލި-ކޫއްޑޫ ބުރިޖް އަޅާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެން އަމުރް ވައުދު ވެއްޖެ އެވެ.

ހުވަދުއަށް ކުރައްވަމުން ގެންދާ ކެމްޕޭން ދަތުރުގައި ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން އަމުރް ވިދާޅުވީ މަސްފެކްޓަރީ އާއި ރިސޯޓެއް ހިންގަމުންދާ ކޫއްޑޫ ގުޅާލުމަކީ 2018 ވަނަ އަހަރު އެމްޑީޕީން ރައީސް އިބުރޭ ވެފައިވާ ވައުދެއް ކަމަށެވެ.

އަމުރް ވިދާޅުވީ އެބުރިޖަކީ އިގްތިސާދީ ގޮތުން މުހިއްމު މަސައްކަތަކަށް ވެގެންދާނެ ކަމަށާއި އިގްތިސާދީ އެތައް މަސައްކަތެއް ކުރަމުންދާ ކޫއްޑޫ އާއި ވިލިނގިލި ގުޅާލުމުން ވިލިނގިލީ ރައްޔިތުންނަށް އެތައް ފައިދާތަކެއް ވެގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!