ފުރަތަމަ ބުރުން އެމްޑީޕީ ކަޓުވާލާނެ ކަމުގެ އިންޒާރު މެމްބަރު އަހުމަދު ޒާހިރު ދެއްވައިފި
ދެންމެ | 25 އޯގަސްޓް 2023

ރިޔަސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ކަޓުވާލާނެ ކަމަށް ވިދާޅުވެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އިންޒާރު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު ޒާހިރު ވިދާޅުވީ މުޅި ގައުމުގެ އިގްތިސާދު ބަގުރޫޓް ކޮށްލާފައިވާ ކަމަށާއި ރައްޔިތުން ބިކަކޮށްފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ މިއަދު އެމްޑީޕީއަށް ތާއީދުކޮށްގެން ތިބީ މަގާމާއި ފައިސާގެ ދަހިވެތި ކަމުގައި އުޅޭ މަދު ބައެއް ކަމަށެވެ.

އަހުމަދު މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު ޑިމޮކްރެޓިކް ރަނިންގ މޭޓް ހުސެއިން އަމްރް ވެސް ވަނީ އެމްޑީޕީ ބަލިކޮށް ދެވަނަ ބުރަށް ދެވޭ ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!