ލޯބީގައި ދީވާނާވެ، މީހަކަށް ހިތް ހިބައިން ދިނިން ތަ!
ދެންމެ | 25 އޯގަސްޓް 2023

އެއީ މިހާރުގެ ކަމެއްކަމަކަށްވެސް ނުބުނެވޭނެއެވެ. ތަންކޮޅެއް ކުރިން ފެށިގެން ބަލައިފިނަމަ ރަނގަޅު މީހުންނަށްވުރެ ގިނަވާނީ ނުބައިމީހުންނެވެ. ތަފާތުވިއްޔާވާނީ ނުބައިވި މިންވަރެވެ. ނުބައިވާން ކޮށް އުޅުނު ކަންކަމެވެ.

އެކަމަށްވެސް ސަބަބުތަކެއް އެބަހުއްޓެވެ. ކުޑަ އާބާދީއެއްނަމަ ކުށްކުރުން މަދުވާނެއެވެ. އާބާދީ ބޮޑުވެ އިންތިހާއަށް މީހުންގިނަވުމުން ކުށްކުރާ މީހުންނާއި ކުށްކުރާ ޢަދަދު ގިނަވާނެއެވެ. އެއީ ކުށްކުރަން ފަސޭހަވުމުންނެވެ.

މިކަންކަމަށް ވިސްނައި މުޖުތަމަޢުން ފެންނަ ކޮންމެ މީހަކީ ކުށްކުރާ މީހެއްކަމަށް ނިންމައިގެން ނުވާނެއެވެ. ވަރަށް ރަނގަޅު މީހުންވެސް ބައިވަރެވެ. މީހަކާއިމެދު ގޮތް ނިންމަންވާނީ އެމީހެއްގެ ކަންކަން ރަނގަޅަށް ބެލުމަށްފަހުގައެވެ.

މިހާރުގެ ބަހުރުވައިންނަމަ މީހުންނަށް ލަނޑުދޭ މީހުން ގިނަވެ ލަނޑުލިބުން ގިނަވެގެން މިދަނީ ބައްދަލުވާ މީހުންގެ ބޭރުފުށަށް ބަލައިގެން ކަންކަން ނިންމާތީއެވެ. އޭނާގެ ހަޤީޤަތް އޮޅުން ނުފިލުވައި މާބޮޑަށް ގާތްކުރެވޭތީއެވެ. އޭނާގެ ޙަޤީޤަތް އޮޅުންފިލަންދެން ކެތްކޮށް ނުލެވި ފައިސާ އާއި ތިމާގެ ހިތްވެސް ޙަވާލުކުރެވޭތީއެވެ.

ވިސްނާށެވެ! އޭނާއަކީ ތިބާގެ ކުރީގެ އެކުވެރިއެކެވެ. އެއިރު ރަނގަޅަށް ދަންނަ މީހެކެވެ. އެއިރު ރަނގަޅު މީހެކެވެ. ފަހުން ދެމީހުން ބައްދަލުވީ އަހަރުތަކެއް ފަހުންނަމަ އޭނާގެ ކިބައިގައި ކުރިން ހުރި ސިފަތައް މިހާރުވެސް ހުރިކަން ޔަޤީންކުރަންވާނެއެވެ. އިތުބާރުކުރަންވާނީ އެކަން ބެލުމަށްފަހުގައެވެ. ނޫންނަމަ ކިތަންމެ ބޮޑު ލަނޑެއްވެސް ލިބިދާނެއެވެ. އެއީ އޭނާ ބަދަލުވެފައި ހުރުމަކީ ގާތް ކަމަކަށްވާތީއެވެ.

މިކަންކަމަށް ސަމާލުކަން ދެވޭނަމަ ލަނޑު ނުވަތަ ކޮޅުކެހިލިބުން މަދުވާނެއެވެ. އިތުބާރުކުރެވުނީތީ ހިތްދަތިވެގެން އުޅެންޖެހުންވެސް މަދުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!