ޅަ ކޭލުގެ އަސަރު މާ ގަދަ!
ދެންމެ | 26 އޯގަސްޓް 2023

ދޮންކޭލަކީ ވަރަށްގިނަ މީހުން ކާ ހިތްވާ އަދި ކާން ބޭނުންވާ މީރު މޭވާއެކެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހުންނަ އިރު، އެއިން ކޮންމެ ވައްތަރެއްވެސް ދޮންވެ ފައްކާވުމުން އަނގަޔަށް ވަރަށް މީރެވެ. އެހާމެ ފޮނިރަހަ ގަދައެވެ. ފާވި ވަރަކަށް އޭގައި ލާ ފޮނިރަހަ ގަދަވެގެން ދެއެވެ.

ދޮންކޭލަކީ އޭގައި ވަރަށްގިނަ އަދަދަކަށް ސްޓާޗް ނުވަތަ ހަކުރުގެ މާއްދާއެކުލެވޭ މޭވާއެކެވެ. އެހެންކަމުން ހަކުރުބަލި ހުންނަ މީހުން ދޮންކެޔޮ ކެއުން އެހާ ރައްކާތެރިއެއް ނޫނެވެ. ނަމަވެސް އެމީހުންނަށްވެސް ދޮންކެޔޮ ކެވިދާނޭ ގޮތެއް އެބަ އޮތެވެ. އެއީ ދޮންކެޔޮ ދޮން ނުވަނީސް ކެއުމެވެ.

ދިރާސާވެރިން ފާހަގަ ކުރާ ގޮތުގައި ދޮންކެޔޮ ދޮންވާ ވަރަކަށް އޭގެތެރޭގައި ހުންނަ އެންޒޭމް ތަކަކުން އޭގައި ހުންނަ ހަކުރުގެ މާއްދާ، ނުވަތަ ސްޓާޗް ގިނަކޮށްދެއެވެ. އެހެންކަމުން ދޮން ނުވާ، ޅަ ދޮންކޭލުގައި ހުންނަ ހަކުރުގެ މާއްދާ ނުވަތަ ސްޓާޗް ގެ މިންވަރު މަދެވެ.

ޑަކްޓަރުންނާ ހަވާލާދީ ”ޑައިޓް ފޯ ޑައިބެޓިސް“ (2021) ގައި ބުނެފައިވަނީ ހުކުރުބަލި ހުންނަ މީހުންނަށް ދޮންކެޔޮ ކެވޭނެ ކަމަށެވެ. ނަމަވެސް ދޮން ނުވާ ޅަ ދޮންކޭލެވެ. ޅަ ދޮންކެޔޮ އޭގެ ޒާތަށް ހިތިވެފައި، އޭގައި ކިރު ހުރުމުން ކާން އުނދަގޫވެދާނެއެވެ. އެހެންކަމުން ޅަ ދޮންކެޔޮ ކާން އެދޭ މީހާ އެ ދޮންކެޔޮ ފެނުކައްކައިގެން ކެވޭނެއެވެ. އެއްމެ އާއްމުކޮށް ދިވެހިން ފެނުކައްކައިގެން ކަނީ މާޅިސްކޭލެވެ. ނަމަވެސް ކޮންމެކަހަލަ ފަތްކޭލުގެ ބާވަތެއްވިޔަސް ޅަކޮށް ހުއްޓާ ފެނުކައްކައިގެން ކެވޭނެއެވެ.

ހަކުރުބަލި ހުންނަ މީހުން، ދޮންކެޔޮ ކާން އެދޭނަމަ، ކާންވީ ޅަ ދޮންކޭލެވެ. ޅަ ދޮންކެޔޮ ކާން އެެއްމެ ފަސޭހަ އެއް ގޮތަކީ ފެނުކައްކައިގެންނެވެ. ދިރާސާވެރިން ދެކެލައްވާ ގޮތުގައި ދޮންކޭލުގެ ދޮންވެފައި ހުންނަ ކޭލަށް ވުރެ ޅަ ނުވަތަ ހަރު ކޭލުގައި ހުންނަ ޕްރޮބައޮޓިކް މާއްދާތަކުގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަންވެސް އިތުރުކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!