ތާއީދު ނެތުމުން، ބަގުރޫޓް ފައްޔާޒު ބޮލު ރޮދި ކެނޑި ރޯ އައުގުރާނަ ގޮވަން ފަށައިފި
ދެންމެ | 26 އޯގަސްޓް 2023

ރައްޔިތުންގެ ތާއީދު ގެއްލޭތޫ ބަގުރޫޓް ފައްޔާޒު ބޮލު ރޮދި ކެނޑި ރޯ އައުގުރާނަ ގޮވަން ފަށައިފި އެވެ.

ފައްޔާޒުގެ އައުގުރާނައިގެ ސިކާރައަކަށްވި ބޭފުޅަކު ވިދާޅުވީ މިހާރު ފައްޔާޒަށް ވެސް ރައްޔިތުން ތިބި ގޮތް ރީތިކޮށް ފެނިފައިވާ ކަމަށެވެ.

އޭނާ ބުނީ އޭނާ އަކީ ކުރިން އެމްޑީޕީއަށް ތާއީދު ކުރި މީހެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ އަމަލްތަކުން މިހާރު އިބުރޭ ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ.

“ ފައްޔާޒަކީ ސިޔާސީ ގޮތުން އަޅުގަނޑު ދަންނަ މީހެއް. އަޅުގަނޑު ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރާކަން އިނގެން އޭނާ އަހަރެންނަށް ގުޅާފަ އައުގުރާނަ ގޮވީ. އޭނާ ގޮވި އައުގުރާނަ ކިޔާކަށް ވެސް ނުކުރޭނެ“

ލ. އަތޮޅު ގަމަށް ނިސްބަތްވާ އޭނާ ބުނީ ހަގީގަތުގައި ވެސް ފައްޔާޒު މިހާރު ގޮތް ހުސްވެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ދިމާއަކުން ފައްޔާޒާއި އެމްްޑީޕީއަށް ތާއީދު ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!