އެކަނި ފިލުވާ، ކުޅެ ހަދަން ބުޅަލެއް ހޯދުން!
ދެންމެ | 26 އޯގަސްޓް 2023

ބުޅަލަކީ ރާއްޖޭގައި ހޯދަން އުނދަގޫ އެއްޗަކަށް ނުވާނެ އެވެ. މަގުމަތިން ފެންނަ ”ސްޓްރޭ ކެޓް“ ވެސް ރީތިކޮށްލައިގެން، ގެންގުޅެން ރައްކާތެރި އެއްޗަކަށް ހެދުމުގައި އެހީވެދޭނެ ތަންތަން ވެސް މިހާރު ރާއްޖޭގައި ވެސް އެބަ ހުއްޓެވެ. އެކަނިވެރިގެން އެކަމާ މާ ދެރަވަންޏާ، ބުޅަލަކީ ތިކަމަށް އޮތް ހައްލަކަށް ވެދާނެ އެވެ.

ބުޅަލަކީ އިމޯޝަނަންތައް ދެނެގަންނަން މޮޅު އިންޓެލިޖެންޓް ޖަނަވާރެކެވެ. ބުޅާ ގެންގުޅޭ އިރު، ބުޅަލަށް އޭނާ ގެންގުޅޭ މީހާގެ އިހުސާސްތައް ދެނެގަނެ، ދެރަވެފައި ހުންނަހެން ހީވަންޏާ ކައިރިއަށް އައިސް ކުޅޭނެ އެވެ. ދެރަވާ ވަގުތުތަކުގައި އެކަމަށް އިމޯޝަނަލް ސަޕޯޓް ކޮންމެސް ސިފައެއްގައި ބުޅަލުގެ ފަރާތުން ލިބޭނެ އެވެ.

ބުޅަލަކީ އަހަރުމެންގެ މެންޓަލް ހެލްތަށް ވެސް ރަނގަޅު އެއްޗެކެވެ. ބުޅަލުގެ ގައިގައި ފިރުމާ، އެއާ އެކު ކުޅުމަކީ ހެޕީހޯމޯންސް، އޮކްސިޓޮސިން އަދި އެންޑޯފިންސްރިލީޒްވުމަށް މަގުފަހިވާނެ ކަމެކެވެ. ބުޅާ ގެންގުޅޭ އިރު ބުޅަލާ އެކު ސަކަރާތް ޖެހުމުގައި އަދި ބުޅަލުގެ ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހުމަކީ ނެގެޓެވިވް ހިޔާލުތަކުން ދުރުވެސް ކޮށްދޭނެ ކަންކަމެވެ.

ބުޅާ ގެންގުޅޭ އިރު އެ ފަހައި ދުވެ އުޅުމުން، މީހާ އެކްޓިވްކޮށް އުޅުމަށް ފުރުސަތު ލިބޭނެ އެވެ. އަދި ބުޅަލަށް ކާން ދިނުމާއި އެހެން ކަންތައްތައް ކޮށްދިނުމަށް ޝެޑިއުލެއް ހަދައި ބުޅަލާ އެކު ރޫޓިންއެއް ހެދުމަކީ ޒިންމާއެއް ނެގުމުގެ ފުލްފިލްމަންޓު ހޯދޭނެ ކަމެކެވެ.

ބުޅަލަކީ އެއްކޮށް މަޖާކޮށް ހަދާނެ ރަނގަޅު އެކުވެރިއެކެވެ. މިއީ އެކަނިވެރިކަމުން ދުރުކޮށްދީ، އަބަދު ބައިވެރިއެއްގެ ގޮތުގައި އޮންނާނެ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!