ރައީސް އިބުރޭ ޑޮލަރު ހައްލު ކުރާ ސިޔާސަތަކީ އަމްރްގެ ފިކުރީ މުދަލުން ކޮށްފައިވާ ވައްކަމެއް ކަން ހާމަ ވެއްޖެ
ދެންމެ | 26 އޯގަސްޓް 2023

ޑޮލަރަށް ބަރޯސާވުން ކުޑަ ކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ވާހަކަތަކަކީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ފާޅު ކުރައްވާފައިވާ ހިޔާލެއްކަން އެނގިއްޖެއެއެވެ.

ކުރިއަށް އޮތް ދައުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެފައިވާ ކަންކަން ހިމެނޭ އެމްޑީޕީގެ މެނިފެސްޓޯގެ ”އިގްތިސާދީ ބޮޑު ބަދަލުގެ“ ބައި ވަނީ ލޯންޗުކޮށްފައެވެ.

އޭގައި ވާގޮތުން ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރާނެއެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ އިގުތިސާދު ޑީޑޮލަރައިޒްކޮށް، ވިޔަފާރީގެގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖައްސާނެ ކަމަށް ބުނެފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ އަމްރު މީގެ ދުވަސްތަކެއް ކުރެއްވި ޓްވީޓެއްގައި ފާހަގަކުރައްވާފައިވާ ކަމެއް ކަމެވެ. މިގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއާ އިންޑިއާ ދޭތެރޭގައި އަހަރަކު ދެ ބިލިން ރުފިޔާގެ ޑޮލަރުގެ ވިޔަފާރި ހިނގާ ކަމަށެވެ.

”ޑޮލަރު ނުލާ ދެ ގައުމު ދެމެދު ވިޔަފާރި ކުރުމަށް ރާއްޖެއިން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ސަރުކާރުން އިހްލާސްތެރި މަސައްކަތެއް ކޮށްފިނަމަ ޑޮލަރު ރޭޓަށް ލުޔެއް އަންނާނެ، މިވަރު ކަމެއް ނުވީމަ ދެރަ.“. އޭނާ އެއިރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޑޮލަރު ބޭނުންވާ ވަރަށް ނުލިބޭ އިރު ކަޅު ބާޒާރު (ބްލެކް މާކެޓް)ގައި ޑޮލަރު ލިބެނީ 18 ރުފިޔާއަށް ވުރެވެސް މަތިންނެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!