ކާކުތޯ ހިތަށްއެރީ ވަހީދަށް %5 ލިބޭނޭ، ރައީސް އިބުރޭގެ ހާލަތާއިމެދު ހިތާމަ ކުރަން: އަމުރް
ދެންމެ | 29 އޯގަސްޓް 2023

ޑރ. ވަހީދަށް ރައީސް މަގާމްގައި ހުންނަވައިގެން %5 ވޯޓް ލިބިވަޑައިގަންނާނެ ކަމަށް އެއްވެސް ރައްޔިތަކު ހިތަށް ވެސް ނާރާ ކަމަށާއި ރައީސް އިބުރޭގެ ހާލަތު ވެސް މިއަދު އޮތީ އެފަދަ ހާލަތެެއްގައި ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމުރް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން ވިދާޅުވީ ވަހީދު ކެމްޕޭނަށް ވަޑައިގަންނަވާއިރު ވެސް ސަފް ކޮޅު ނުފެންނަވަރަށް މީހެއް އެއްވެފައިވާތަން ދިވެހިން ދެކުނު ކަމަށެވެ.

އަމްރް ވިދާޅުވީ މިއަދު ވެސް ފެންނަމުންދަނީ އެމަންޒަރު ކަމަށާއި ހަގީގަތުގައި ރައީސް އިބުރޭއަށް ތާއީދު ނެތް ކަމަށެވެ.

“ ކާކުތޯ ހިތަށް އެރީ ރައީސް މައުމޫން ދިގު 30 އަހަރުގެ ވެރިކަން ނިމިގެންދާނޭ. މައުމޫން ވެސް ވެރިކަމުގައި ރައްޔިތުން ވޯޓުން އެގޮތަށް ނިންމީ. އޭރު ވެސް މައުމޫނަށް މަރުހަބާ ކިޔަން މީހުން ނެރުނު އެކަމު ވޯޓެއް ނުދިން.“

އަމްރް ވިދާޅުވީ މިހާރު ވެސް ރައީސް އިބުރޭއަށް ރައްޔިތުންގެ ތާއީދު އޮތް ކަމަށް ދެއްކުމަށް އެކިއެކި ރަށްރަށުން ރައީސް އިބުރޭ ދާ ރަށްރަށަށް މީހުން ގެންދާ ކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ.

އަމްރް ވިދާޅުވީ ރައީސް އިބުރޭ އަރިހްގައި ތިބި ބަޔަކު ސީދާ ރައީސް އިބުރޭއަށް ސީދާ އޮޅުވާލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!