ޒުވާން އުމުރުގައި ކައިވެނިކޮށް، ދަރިން ގިނައިން ހަދަން ޗައިނާގައި ފައިސާ ދޭން ފަށައިފި
ދެންމެ | 30 އޯގަސްޓް 2023
ދަރިން ހޯދުމާއި، ކައިވެނިކުރުން އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ޗައިނާގައި 25 އަހަރުން ދަށުގެ ކޮންމެ ދެމަފިރިއަކަށް ފައިސާގެ އިނާމު ދޭން ފަށައިފިއެވެ.
ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޒޭޖިއާންގްގައި ހުންނަ ޗަންގްޝާން ކައުންޓީން މިހާރު އަންނަނީ ދެމަފިރިންގެ އުމުރަކީ 25 އަހަރު ނުވަތަ އެއަށް ވުރެ ހަގު ނަމަ ކޮންމެ ދެމަފިރިއަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1،000 ޔުއާން (ގާތްގަނޑަކަށް 137 ޑޮލަރު) ދެމުންނެވެ. މި އިނާމަކީ އިތުރު ޒުވާނުން ކައިވެނި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
އިނާމު ދިނުމުގެ ނިޒާމު އިއުލާނުކުރީ މިދިޔަ ހަފުތާގައި ކައުންޓީގެ އޮފިޝަލް ވީޗެޓް އެކައުންޓް މެދުވެރި ކޮށެވެ. އިނާމް އިއުލާން ކުރައްވަމުން އޮފިޝަލް ވިދާޅުވެފައިވަނީ އަލަށް ގުޅޭ ކޮންމެ ދެމަފިރިއަކަށް ޢުމުރުން 25 އަހަރު ނުވަތަ އެއަށްވުރެ ހަގުނަމަ 1000 ޔުއާން ލިބޭނެ ކަމަށެވެ.
އެ ކައުންޓީން މިހާރުވަނީ ދަރިން ލިބޭ ދެމަފިރިންނަށް ދަރިން ބެލެހެއްޓުމާއި ތައުލީމީ ސަބްސިޑީއެއް ދިނުމުގެ ގޮތުން އެހީ އިތުރުކުރަން ނިންމާފައެވެ.
ޗައިނާއިން މިކަން ހާމަކޮށްފައި މިވަނީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ އާބާދީ ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އެގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިދިޔަ ޖެނުއަރީ މަހު ވަނީ 1.41 ބިލިއަން މީހުންގެ އާބާދީއަށް 850،000 މީހުންގެ ދަށްވުމެއް އައިކަމަށް ރެކޯޑްކުރެވިފައެވެ. މިއީ 1961 ވަނަ އަހަރަށްފަހު މިހާބޮޑު ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ފުރަތަމަ ފަހަރެވެ.

ޗައިނާގެ ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ކުރީކޮޅު ވެސް ޗައިނާއިން ދަރިމައިވުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 1.09 ބިލިއަނަށް އަރާފަ އެވެ.

މި އަދަދުގެ ސަބަބުން 100 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ގައުމުތަކުގެ ތެރެއިން ދަރިމައިވުމުގެ މިންވަރު އެންމެ ދަށް ގައުމުތަކުގެ އިތުރުން ދެކުނު ކޮރެއާ އާއި ސިންގަޕޫރު ފަދަ ދުނިޔޭގައި ވެސް ދަރިމައިވުން އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!