ގަދަ ވިއްސާރައިގައި ޑިމޮކްރެޓްސްގެ ކެމްޕޭން ފަތު އަޑު ކިޔާފައި ކުރިއަށް
ދެންމެ | 02 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު ސޯސިއަލް މީޑިޔާއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭން ވަނީ އިންތިހާއަށް ފަތު އަޑު ކިޔާފައި ކުރިއަށް ދާން ފަށާފަ އެވެ.

ރައީސް ނަސީދާއި ކެޑިޑޭޓް އިލްޔާސް އަރި އަތޮޅުގައި ބޭރަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ރަނިންގ މޭޓް އަމްރް ގެންދަ ވަނީ ލާމް އަތޮޅުގައި ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ޑިމޮކްރެޓިކްސްގެ ޓީމުތައް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިގެންފަ އެވެ. އަދި އެމްޑީޕީ އެކްޓިވިސްޓުން ދަނީ ބައިބަޔަށް ޑިމޮކްރެޓުންނާއި ގުޅެމުން ނެވެ.

މިއަންނަ ހޮނިހިރު ދުވަހު ވޯޓުލުމަށް މިހާރު ތައްޔާރުވެފައިވާއިރު މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ޑިމޮކްރެޓިން އިންތިހާބުގެ ދެވަނަ ބުރަށް ދާނެކަން ވަނީ ކަށަވަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!