ރިޔާސީ ބަހުސަށް ފަހު ދެޖިންސުގެ ސައުގުވެރިކަން އިލްޔާސަށް އޮހެނީ!
ދެންމެ | 03 ސެޕްޓެމްބަރ 2023

ރިޔާސީ ބަހުސަށް ފަހު ރައްޔިތުންގެ ސައުގުވެރިކަން ޑިމޮކްރެޓިކް ކެޑިޑޭޓް އިލްޔާސް ލަބީބަށް އިތުރުވެއްޖެ އެވެ.

ބަހުސަށް ފަހު ސޯސިއަލް މީޑިޔާގައި ރައްޔިތުން ފާޅުކޮށްފައިވާ ޙިޔާލުތަކަށް ބަލާއިރު ބަހުސްގައި ހަރުދަނާ ކަމާއި އިތުބާރާއި އެކު ވާހަކަ ދެއްކެވި ކެޑިޑޭޓަކީ އިލްޔާސް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ބަހުސްގައި އިލްޔާސްގެ ވާހަކަތަކުގެ ވީޑިޔޯ ކްލިޕްތަކުން މުޅި ސޯސިއަލް މީޑިޔާ ގުގުމާލާފައިވާއިރު ގިނަ ޒުވާން ދަނީ އިލްޔާސްގެ ވާހަކަތަކަށް ތައުރީފް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެޑިޑޭޓުން ބަހުސްގައި ބައިވެެރިވެ ވަޑައިގެންފައިވާ އިރު ގިނަ ބަޔަކު ފާހަގަ ކުރައްވާ އެންމެ ޕާރފޯމަންސް ރަގަޅީ އިލްޔާސްގެ އެވެ.

މިހާރު ވެސް ދެވަނަ ބުރު ޔަގީން ކުރައްވާފައިވާ އިލްޔާސް ބަހުސްގައި ވިދާޅުވެފައި ވަނީ އެމަނިކުފާން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!