ރިޔާސީ ބަހުސުން ރައީސް އިބުރޭގެ މަގުބޫލުކަން އިންތިހާއަށް ވެއްޓި އޭނާ މުޅިން ސޮހިއްޖެ އެވެ.
ސޯސިއަލް މީޑިޔާގެ އާއްމް ރައްޔިތުންގެ ހިޔާލުތަކާއި ނޫސްތަކުގެ ސުރުހީތަކަށް ބަލާއިރު ރައީސް އިބުރޭ އެތައް ފަހަރަކު ބުހުތާން ދޮގު ހެދިކަން ވަނީ ފަޅާ އަރާފަ އެވެ.
އަމިއްލަ އާއިލާގެ މީހަކަށް ވަޒީފާ ދީފައި ނުވާނެ ކަމަށް ބުނުމާއި އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ބުނުމާއި މާލޭން ގޯތިނުމުގެ ކަންކަމުގެ ހަދަމުންދިޔަ ދޮގާއި އުތުރު ތިލަފަޅުގެ މައްސަލައިގެ އިތުރުން ރައްޔިތުންނަށް ސިއްރުން ކަންކަން ކުރަމުން ގެންދިޔަ ކަން ކަމުގައި ރައީސް އިބުރޭ ވަނީ މުޅިން ހަފުސް ވެފަ އެވެ.
ރިޔާސީ ބަހުސްގައި ދަށް ޕާރފޯމަންސްއެއް ދެއްކުމުގެ ސަބަބުން ރައްޔިތުން ތެރޭގައި މަގުބޫލުކަން ކުޑަ އިބުރޭ މިހާރު ވަނީ މާ ބޮޑު ތަނުން ސޮއްސާލާފައި ކަމަށް ދައްކަ އެވެ.
ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރާނެ ގޮތުގެ އެއްވެސް ވާހަކައެއް އިބުރޭއަށް ބުނެދެވިފައި ނުވާއިރު އިބުރޭ ޕާރފޯމަންސް އަމިއްލަ ގޮތުން ވާދަކުރާ ޒަމީލަށް ވުރެ ރަގަޅު ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.