ގިރާވަރު ފަޅުގެ މޫދުން ގޯތި ކެނޑުމުގެ މަސައްކަތް ފަށައިފި
ދެންމެ | 03 ސެޕްޓެމްބަރ 2023

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅުން ގޯތި ކަނޑައި މޫދާއި ފަޅު ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސޯސިއަލް މީޑިޔާގައި އާއްމްވެފައިވާ ފޮޓޯތަކަށް ބަލާއިރު ގިރާވަރު ފަޅުތެރޭގައި ތެމިގެން އުނަގަނޑު ފެނަށް އެރި ގޯތި ކެނޑުމުގެ މަސައްކަތް ކުރަމުން ދަނީ 5 މީހުންގެ ޓީމަކުން ނެވެ.

ގޯތި ކެނޑުމުގެ މަސައްކަތް ކުރާ ޓީމުން ގެންދަނީ  އެކަމަށް ބޭނުންވާ އާލާތްތަކާއި ސާމާނު ބޭނުން ކުރަމުން ނެވެ.

މިދިޔަ ހަފްތާގައި ބައެއް ފަރާތްތަކަށް ވަނީ ހުޅުމާލޭ ހިކިފަސްތަނުން ވެސް ގޯތި ދޫކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!