ރައީސް އިބުރޭ ބަލިކޮށް، ދެވަނަ ބުރު ޔަގީން ވެއްޖެ: އިލްޔާސް
ދެންމެ | 04 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ޑިމޮކްރެޓްސް ދާނެ ކަމުގެ ޔަގީން ކަން ވަރަށް ބޮޑު ކަމަށާއި ކޯލިޝަން ހަދާނެ ބަޔަކު އަދި ނިންމާފައި ނުވާ ކަމަށް އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އިލްޔާސް ވިދާޅުވީ، ދެ ވަނަ ބުރެއްގައި ގުޅޭނެ ބަޔަކު ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި އެއީ ކައުންސިލަށް އޮތް ބާރެއް ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ރަށްރަށުގެ އިތުރުން މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިއްޖެ ކަމަށާއި ސިޔާސީ ގޮތުން އެފަދަ ފަރާތްތަކާ ދައްކާ ވާހަކައިގައި ވެސް ދެ ވަނަ ބުރެއްގައި އަމަލު ކުރަން އެންމެ ރަނގަޅު ގޮތް އާންމު މެންބަރުންގެ ފަރާތުން ވެސް އޮޅުންފިލުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އާންމު މެންބަރުންގެ ވިސްނުމާ އެއްގޮތަށް ދެވަނަ ބުރެއްގައި ކަން ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޑިމޮކްރެޓިކްސްގެ ކައުންސިލަށް ކަމަށެވެ.

”ރަށްރަށުގައި ގޭގެއިންނާއި ކެފޭތަކުންނާއި ދޯނިފަހަރުގަ އާއި ވޯކްޝޮޕްތަކުގަ އާއި އެކި ތަންތަނުން މީހުންނާ ބައްދަލުކޮށްފިން. އަޅުގަނޑާ ބައްދަލުވާ ގިނަ މީހުންނާ ސިޔާސީ ވާހަކައެއް ދައްކާ އިރު ކޮންމެ މީހަކާ ވެސް އެބަ ސުވާލު ކުރަން އަޅުގަނޑު އަމަލު ކުރާނެ ގޮތެއް. އެބޭފުޅުންނަށް ފެންނަ ގޮތް އަޅުގަނޑާ އެބަ ހިއްސާކުރައްވާ،“ އޭނާ ވިދާޅުވި އެވެ.

މިފަހަރު ސިޔާސީ ޕާޓީއެއް އުފައްދާފައި ރައީސް ނަޝީދުގެ ނިންމެވުމެއް ސީދާ އެމަނިކުފާނު ކުރިމަތިނުލައްވާ އެހެން މީހަކު ނުކުތުން. އެހެންވެގެން އަޅުގަނޑު ނުކުމެގެން މިއައީ. ސީދާ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް އެއީ: އިލްޔާސް

އިލްޔާސް މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް އަށް ފުރުސަތު ލިބިވަޑައިނުގެންފި ހާލަތެއްގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އެ ޕާޓީ ނުދާނެ ކަމަށް ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި މިހާރު ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގައި ފާޅުގައި އެމަނިކުފާނު އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދު އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެއްވީ މޮޅުވާނެކަމުގެ ޔަގީންކަމާ އެކު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވީ، ކުރިމަތިވެދާނެ ބައްޔަކުން ރެކުމަށް ނޫން ކަމަށާއި އެހެން ކެންޑިޑޭޓަކު ވާދަކުރިޔަސް މޮޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

”[އެކަމަކު] 2018 ގައި ރައީސް ނަޝީދު އެހެން ކެނޑިޑޭޓެއް ނެރުއްވީ މަޖުބޫރު ވެގެން،“ އިލްޔާސް ވިދާޅުވި އެވެ.

”އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް އެކަން އެގޮތަށް ބޭނުންފުޅުވެގެން.“

އޭނާ ވިދާޅުވީ، މި އިންތިހާބުގެ ކެމްޕެއިންގެ ކަންކަން ފެއްޓެވި އިރު ވެސް، އެ ޕާޓީއަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ނަޝީދަށް އޮތް ކަމަށެވެ.

”މިފަހަރު ސިޔާސީ ޕާޓީއެއް އުފައްދާފައި ރައީސް ނަޝީދުގެ ނިންމެވުމެއް ސީދާ އެމަނިކުފާނު ކުރިމަތިނުލައްވާ އެހެން މީހަކު ނުކުތުން. އެހެންވެގެން އަޅުގަނޑު ނުކުމެގެން މިއައީ. ސީދާ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް އެއީ،“ އޭނާ ވިދާޅުވި އެެވެ.

އިލްޔާސް ވިދާޅުވީ، ނަޝީދުގެ ޔަގީން ކަމާ އެކު ރައްޔިތުން މި އިންތިހާބުގައި ޑިމޮކްރެޓްސް ބަލައިގެންފައިވާ ކަމަށެވެ.

އެމްޑީޕީ ދޫކުރައްވައި ނަޝީދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން ”ފިކުރެއްގެ ދިރުން“ ނަމުގައި ހިންގެވި ސިޔާސީ ހަރަކާތް ފުޅާކުރައްވައިގެންނެވެ. އެމްޑީޕީން ނަޝީދު ވަކިވެވަޑައިގަތީ، އެ ޕާޓީގެ ފިކުރާއި ފަލްސަފާ އާއި އަސާސްތަކާ ހިލާފަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދާތީ ކަމަށް ވިދާޅުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!