އިންޑިޔާގައި އިމާރާތް ކުރަމުންދިޔަ ބްރިޖެއް ދެވަނަ ފަހަރަށް ވެއްޓިއްޖެ
ދެންމެ | 06 ޖޫން 2023

އިންޑިއާގެ ބިހާރު ސްޓޭޓުގައި އިމާރާތް ކުރަމުންދިޔަ ބްރިޖެއް ދެވަނަ ފަހަރަށް ވެއްޓިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރަސްމީކޮށް ނުހުޅުވެނީސް ވެއްޓިފައިވާ މި ބްރިޖަކީ ޚަގަރިޔާ އާއި ބަގަލްޕޫރު ޑިސްޓްރިކްޓް ގުޅާލުމަށް އިމާރާތް ކުރަމުންދާ ބަރިޖެކެވެ.

އިއްޔެ މެންދުރު ހިނގި މިހާދިސާގެ ގިނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް އޮފިޝަލުން ބުނީ ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދިޔަ ގާޑަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

މިބްރިޖަކީ 1.5 މިލިއަން ޑޮލަރުގެ ބްރިޖެކެވެ. ބްރިޖު ހަދާފައިވަނީ 4 ލޭނަށެވެ.

މިހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އޮފިޝަލުން ބުނެ އެވެ.

އެންމެ ފުރަތަމަ މި ބަރިޖު ވެއްޓިފައިވަނީ މިދިޔަ ޑިސެމްބަރ މަހު އެވެ.

އިންޑިއާގައި މީގެ ކުރިންވެސް މިފަދަ އެތަށް ހާދިސާތަކެއް ހިނގާފައިވެ އެވެ.

އެގޮތުން މިއަހަރު އޭޕްރީލް މަހު އިންޑިއާގެ ކަޝްމީރު އުދަންޕުރު ޑިސްޓްރިކްޓް ކައިރީގައި އޮންނަ ބްރިޖެއް ވެއްޓި 10 އަހަރުގެ ކުޑަކުއްޖަކު މަރުވެފައިވެ އެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރ މަހު އިންޑިއާ ގުޖުރާތުގެ ސިޓީއެއްގައި ހަދާފައިހުރި ބްރިޖެއް ވެއްޓި 134 މިހުންނަށްވިރެ ގިނަ މިހުން މަރުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!