ގެސްޓް ހައުސް އަޅަން ސަރުކާރުން ގެރެންޓީދީ ލޯނު ދޭނަން: އަމްރް
ދެންމެ | 05 ސެޕްޓެމްބަރ 2023

ދިވެހިންނަށް ޓޫރިސްޓް ގެސްޓް ހައުސް އެޅުމަށްޓަކައި ސަރުކާރުން ގެރެންޓީދީ ލޯނު ލިބޭނެ އިންޒާމް ހަމަޖައްސާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ސަރުކާރުން ގެރެންޓީ ދީގެން ރިސޯޓް ހެދުމަށް ލޯނު ނެނގުމަށް ލޯނު ނެނގޭނީ ހަމައެކަނި މުއްސަދި މަހުޖަނުންނަށް އެކަނި ނޫން ކަމަށާއި އެފުރުސަތު މުޅި ދިވެހި ރައްޔިތުންނަށް ހުޅުވާލާނެ ކަމަށެވެ.

“ ސަރުކާރު ގެރެންޓީ ވާ ގޮތަށް އަޅުގަނޑުމެން އިރާދަ ކުރެެއްވިއްޔާ ގެސްޓްހައުސް އެޅުމަށް ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސާނަން.“ ބޯ ވިއްސާރައިގައި ވާހަކަފުޅު ދައްކަވަމުން އަމްރް ވިދާޅުވި އެވެ.

މީގެ އިތުރުން އަމްރް ވިދާޅުވީ ރޯރޯ ފެރީ ތައާރަފް ކުރައްވާނެ ކަމަށާއި ހަމަ އެކަނި ސްޕީޑް ފެރީގައި މީހުން ދަތުރުކޮށްގެން މިހާރު ފަރުޖެއްސެން ނެތް ކަމަށެވެ. މިގޮތުން އެއްރަށުން އަނެއް ރަށަށް މުދާ ގެންދެވޭން އިންތިޒާމް މިފެރީތަކުން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!