ފިރިމީހާ ހަގީގީ ލޯބި ވޭތޯ ބަލާނީ ކިހިނެއް ތަ!
ދެންމެ | 05 ސެޕްޓެމްބަރ 2023

ކައިވެންޏަށްފަހު އެންމެންހެން ތިބެނީ ބޮޑު ކަންބޮޑުވުމެއްގައެވެ. ބައިވެރިޔާ ތިމާ ދެކެ ލޯބިވޭހެއްޔެވެ؟ ކުރިންވީވަރަށް މިހާރުވެސް ލޯބިވޭހެއްޔެވެ؟ ދެމީހުންނަށް ޢުމުރަށް އެކުގައި ލޯބިން ދިރިއުލެވޭނެ ހެއްޔެވެ؟ މިފަދަ ސުވާލުތަކެއްގެ ޖަވާބަށް ބޭނުންވެގެންނެވެ.

ކޮންމެ އަންބަކު ވެސް ކުރަން އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ ނުވަތަ އެނގެން ބޭނުންވާނެ ކަމަކީ ފިރިމީހާ ތިމާދެކެ ލޯބިވާކަމެވެ. ވީމާ މި ފާހަގަކޮށްލަނީ އެގޮތުން ބަލައިލެވިދާނެ 10 ކަމެކެވެ.

 

މިސާލަކަށް:

1 ތިބާ ދެކެ ޙަޤީޤީ ލޯބިވާނަމަ މުސްތަޤްބަލުގައި ދެމީހުން އެކުގައި ކުރާނެ ކަންކަން ރާވައި ތަންފީޒުކުރަން މަސައްކަތްކުރާނެއެވެ. އެކުގައި ޗުއްޓީހޭދަކުރަން އަންނަ އަހަރު ދާނެ ތަނަކާއިމެދު މިއަހަރު ސުވާލުކުރާނެއެވެ. އަދި ކުރިއާލައި ޓިކެޓްވެސް ނަގާނެއެވެ. އެއިގެ އިތުރުން ޢާއިލާގެ މީހުންނާއި އެކުވެރިން ބައިވެރިކޮށްގެން ބާއްވާ ޙަފްލާތަކަށް ކުރިއާލައި ދަޢުވަތު ދޭނެއެވެ.

 

2 ވިޔަފާރިއެއް ކުރުން ފަދަ މަސައްކަތެއް ފަށާނަމަ ފަށާނީ ދެމީހުންގެ ހިއްޞާވެސް އޮންނަ ގޮތަށެވެ.

 

3 އެހެން މީހުންނާ ވާހަކަ ދައްކާއިއރު ގިނަގިނައިން އަނބިމީހާގެ ވާހަކަ ދައްކައި އޭނާ ވަރަށް ލޯބިވާ އަންތބަކު ހުންނަކަން އަންގައިދޭނެއެވެ.

 

4 އެކަނި ހަފްލާ ތަކަށާއި ޕާޓީތަކަށް ދިއުން މަދުކުރާނެއެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި ވެސް އަނބިމީހާ ބައިވެރިކުރަން މަސައްކަތްކުރާނެއެވެ.

 

5 ތިބާ ފިރިމީހާ ގޮވައިގެންދާން ބޭނުންވާ ތަންތަނަށް ދިއުމަށް ދެކޮޅެއް ނުހަދާނެއެވެ. އަބަދުވެސް ހުންނާނީ އެކުގައި ދާން ތައްޔާރަށެވެ.

 

6 ތިބާ ކަމަކަށް އެދިއްޖެނަމަ ހަނދާންނެތުން މަދުވާނެއެވެ. އިންސާނަކަށްވުމުން ފަހަރެއްގައި ހަނދާންވެސް ނެތިދާނެއެވެ. ނަމަވެސް އެއީ ޢާންމު ކަމަކަށް ނުވާނެއެވެ.

 

7 ގިނަގިނައިން ލޯބީގެ މެސެޖުތައް ފޮނުވައި ތިބާ އޭނާގެ މަތިން ހަނދާން ކުރުން ގިނަކުރުވަން މަސައްކަތްކުރާނެއެވެ.

 

8 ތިބާއަށް އިތުބާރުކުރާނެއެވެ. ތިބާ ދޭ ނަޞޭޙަތް ޤަބޫލުކުރާނެއެވެ. ކަންކަން ކުރަން ބޭނުންވުމުން ތިބާ އާއި މަޝްވަރާކުރާނެއެވެ.

 

9 ގެއަށް އާދެވުމުން ކައްކާފައިހުރިތޯ ބެލުމުގެކުރިން ތިބާ ހުރީ ކުރަންޖެހޭ ނަމާދުތައްކޮށްގެންކަން ބަލާނެއެވެ!

10 އޭނާގެ އަމިއްލަ ޢާއިލާއަށް ދޭ ސަމާލުކަން ތިބާގެ ޢާއިލާއަށް ވެސް ދޭނެއެވެ. އޭނާގެ ޢާއިލާއަށް ޒިޔާރަތްކުރާއިރު ތިބާވެސް ގެންދަން ބޭނުންވާނެއެވެ. އަދި ތިބާ، ތިބާގެ ޢާއިލާ ޢާއި ބައްދަލުކުރަން ދާނަމަ އެކުގައިދާން ބޭނުންވާނެއެވެ.

މިކަންކަން މިގޮތަށް ކުރާނަމަ އެނގެނީ އޭނާ ތިބާ އާއި ވަކިވުމުގެ ވިސްނުން ނެތްކަމެވެ. އެކުގައި އުޅެން ބޭނުންވާ ކަމެވެ. އެކަން ނުކުރާނަމަ އެމީހާ އެހުންނަނީ ކޮންމެ ވަގުތަކުވެސް ތިބާ ދޫކޮށްލުމާއިމެދު ވިސްނަން ކަމަށް ބުނެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!