ރައީސް އިބުރޭ ޑްރަގްގެ 16 ބޮޑުން ޖަލުން މިނިވަން ކޮށްފި
ދެންމެ | 05 ސެޕްޓެމްބަރ 2023

މަސްތުވާތަކެތި އެތެރެކޮށް އެއިން ވިޔަފާރިކުރި މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމްކޮށްފައިވާ 16 މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިނިވަންކުރައްވައިފިއެވެ.

މީސްމީޑިއާއަށް މިހާރު އާންމުވެފައިވާ ސަރުކާރުން ދޫކުރަން ނިންމާފައިވާ ޤައިދީންގެ ލިސްޓަކީ ޖަލުން ދޫކޮށްލަން ނިންމާފައިވާ 52 މީހުންގެ ތެރެއިން 28 މުޖުރިމުންގެ ތަފުސީލު ހިމެނޭ ލިސްޓެކެވެ.

އެ ލިސްޓުގައި ހިމެނޭ 28 ކުށްވެރިންގެ ތެރެއިން 16 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންނެވެ. ދޫކުރަން ނިންމާފައިވާ 52 މީހުންގެ ތެރެއިން 32 މީހުން މިއަދު ދޫކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޫކޮށްފައިވާ މީހުން

  • 1- އަޙްމަދު ޙަސަން، ހދ.ކުޅުދުއްފުށި، މަސްތުވާތަކެތި ކެނިބެސް ޓްރެފިކްކުރުން، 25 އަހަރު
  • 2- އަޙްމަދު ޝިފާއު، ސ.ހިތަދޫ، މަސްތުވާތަކެތި ވިއްކުން، 25 އަހަރު
  • 3- މުޙައްމަދު ޢަބްދުލްޣަނީ، ބ.ދަރަވަންދޫ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން، 25 އަހަރު
  • 4- މުޙައްމަދު ފައިސަލް، ސ.ހިތަދޫ، މަސްތުވާތަކެތި ކެނިބެސް ޓްރެފިކްކުރުން، 25 އަހަރު
  • 5- މުޙައްމަދު ނާޡިފް، ކ.ހިންމަފުށި، މަސްތުވާތަކެތި ޑައިމޯފިން ޓްރެފިކްކުރުން، 25 އަހަރު
  • 6- ނިޔާޒު މުޙައްމަދު، ކ.ގުރައިދޫ، މަސްތުވާތަކެތި ބޭނުންކުރުން، 25 އަހަރު
  • 7- އަޙްމަދު ޣައްސާން، މާލެހިޔާ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން، 25 އަހަރު
  • 8- އަޖްނާދު މުޙައްމަދު، ސ.ހިތަދޫ، މަސްތުވާތަކެތި ޑައިމޯދިން ޓްރެފިކްކުރުން، 25 އަހަރު
  • 9- ޝާހީން އިބްރާހީމް ދީދީ، ގއ.ކޮނޑޭ، މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރީގެ ގޮތުގައި އަތުގައި ބެހެއްޓުން، 25 އަހަރު
  • 10 ސާމީ ޢަބްދުލް ޙަމީދު، ޏ.ފުވައްމުލައް، މަސްތުވާތަކެތި ކެނެބިސް ޓްރެފިކްކުރުން، 25 އަހަރު
  • 11- މުޙައްމަދު ރާޝިދު، ރ.ހުޅުދުއްފާރު، މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރީގެ ގޮތުގައި އަތުގައި ބެހެއްޓުން، 25 އަހަރު
  • 12- މުޙައްމަދު ފަޔާޟް، ހދ.ކުޅުދުއްފުށި ، މަސްތުވާތަކެތި ކެނެބިސް ޓްރެފިކްކުރުން، 25 އަހަރު
  • 13- ޢަބްދުއްލަތީފު ސ.ހިތަދޫ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން، 25 އަހަރު
  • 14- ޝަމްހީޒު ސައީދު، ގއ.ވިލިނގިލި، މަސްތުވާތަކެތި ޑައިމޯފިން ޓްރެފިކްކުރުން، 25 އަހަރު
  • 15- ޙުސާމް އިބްރާހީމް، ހދ.ކުމުންދޫ، މަސްތުވާތަކެތި ޑައިމޯފިން ޓްރެފިކްކުރުން، 25 އަހަރު
  • 16- މުޙައްމަދު ޙާރިޘް، ތ.ކިނބިދޫ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން، 25 އަހަރު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވިފަހުން ފާއިތުވި މުއްދަތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 600 މީހުން، މައާފުދީ އަދަބު ލުއިކޮށްދީ މިނިވަންކޮށްފައިވެއެވެ. އެގޮތުން މިނިވަންކުރި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް މަސްތުވާތަކެތީގެ ބޮޑުންނާއި، މާރާމާރީގެ މައްސަލަތަކާއި، ކުޑަކުދިންނާމެދު ޖިންސީ ކުށްތައް ހިންގާފައިވާ މީހުން ހިމެނެއެވެ.

މިއަދު 32 ކުށްވެރިން ޖަލުން މިނިވަންކުރައްވަން ރައީސް ނިންމެވިއިރު، ނިމުނު އޯގަސްޓު މަހުގައި 23 ކުށްވެރިން އަދި އޭގެ ކުރިން ޖުލައި މަހުގައި 25 ކުށްވެރިންނަށް މައާފުދެއްވައި ނުވަތަ އަދަބު ލުއިކޮށްދެއްވައި މިނިވަންކުރައްވާފައިވެއެވެ. އަދި މި މަހުގައި ޖުމްލަ 52 ކުށްވެރިން ޖަލުން މިނިވަންކުރަން ރައީސް އިބްރާހީމުވަނީ ނިންމަވާފައިވެއެވެ.

އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން މިނިވަންކުރައްވާފައިވާ ކުށްވެރިންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑުންނާއި، ޤާތިލުންނާއި މާރާމާރީ ހިންގާފައިވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހުން ފަދަ ބޮޑެތި ކުށްވެރިން ހިމެނެއެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 600 ކުށްވެރިން ދޫކޮށްފައިވާއިރު، އެ ކުށްވެރިންގެ މައްޗަށް ސާބިތުވި ކުށްތައް ހާމަކުރުން އެދި ”ދިޔަރެސް“އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން އެ މައުލޫމާތު ހާމަކުރާނަމަ، ރައީސް އޮފީހުގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ސަރުކާރުންވަނީ އިންކާރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!