ކަރަންޓާއި ފެނުގެ އަގު ބޮޑުތަނުން ދަށްކޮށް ހަމަހަމަ ކުރާނަން: އަމްރް
ދެންމެ | 06 ސެޕްޓެމްބަރ 2023

ދިވެހި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެނުގެ އަގު ބޮޑުތަނުން ދަށްކޮށް މުޅި ރާއްޖޭގައި ހަމަހަމަ ކުރާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންގެ މޭޓް ހުސެއިން އަމްރް ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުން އަމްރް ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ އަގުގައި މާލެ އާއި އަތޮޅުތަކުގެ މެދުގައި ތަފާތު ކުރުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގައި ވެސް ވަނީ ކަރަންޓާއި ފެނުގެ އަގު ދަންކުރާނެ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!