އަޅުގަނޑު ފިރިމީހާއަކަށް ނޭނގޭނެ އަސްލު ވައްކަން ކުރާކަށް: ސިއްކަ ފަޒުނާ
ދެންމެ | 07 ސެޕްޓެމްބަރ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެ، ދައުލަތުން ވައްކަން ނުކުރައްވާނެކަން، މަރުވާނެކަން ޔަގީންވާ މިންވަރަށް ޔަގީންވެވަޑައިގަންނަވާ ކަމަށް އަނބިކަނބަލުން، ފަޒްނާ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ކެންޑިޑޭޓުން އެމީހުންގެ ވެރިކަމެއްގައި ރައީސް ސޯލިހު ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް ބުނަމުން ދާތީ، އެކަމާ ހާސްވެ ބިރުގަނޭތޯ ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒްނާ ވިދާޅުވީ ރައީސް ސޯލިހު ވައްކަމެއް އަދި ހިޔާނާތުގެ އަމަލެއް ހިންގަން ނޭގޭނެ ކަމަށާއި ވައްކަން ކުރަން ވެސް ނޭނގޭނެ ކަމަށް ފަޒުނާ ވަނީ ބުނެފަ އެވެ.

އަދި އެފަދަ ކަމެއްގައި އެމަނިކުފާނު ހައްޔަރުކޮށް ޖަލަށް ލާން ޖެހިދާނެކަމަށް ކުޑަކޮށް ވެސް ހީނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

”ދެން އަޅުގަނޑަށް ހަމަ ވަރަށް ޔަގީން ރައީސް އިބޫ ހިޔާނާތްތެރިވެގެން ޖަލަށް ހަމަ ނުލާނެކަން. ދެން ކީކޭތޯ ދަންނަވާނީ، އަޅުގަނޑަށް މަރުޔަގީންހާ ޔަގީން އިބޫ ވައްކަމެއް ނުކުރައްވާނެކަން،“ ފަޒްނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު ކައިވެންޏަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު ފަޒްނާ ވިދާޅުވީ ރައީސް ހިޔާނާތްތެރިވެ ވައްކަން ކުރަން ނޭނގޭކަން ޔަގީން އެންމެ ބޮޑަށް ޔަގީން ކުރައްވާ ކަންތައް ކަމަށެވެ.

މިފަދަ ގޮތަކަށް ފަޒުނާ ބުނެފައިވާ އިރު ރައީސް އިބުރޭ ފަޒުނާއަށް ވަގަށް ޅަ ޒުވާން އަންހެނަކާއި ޖިންސީ ގުޅުމެއް ބޭއްވި ކަމަށް ނަސީދު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!