މަހިބަދޫ އާއި ކާށިދޫ ގޮނޑި ދެބަފައިން ނަގާނަން: ޖާބިރު
ދެންމެ | 13 އޭޕްރިލް 2024

ކާށިދޫ ދާއިރާއަށް މިހާރު އަމިއްލަ ގޮތުން ވާދަކުރައްވާ، މިހާރުވެސް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، މިފަހަރު މަޖިލީހުގެ މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާއިރު، މުއާޒް ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ.

އިޓަލީގެ މިލާންއިން ސްރީލަންކާއަށް ފުރުމުގެ ކުރިން ޖާބިރު ވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އޭނާ ވިދާޅުވީ، ލަންކާ އިން އެނބުރި ވަޑައިގެން ދާއިރާއަށް ވަޑައިގެން ކެމްޕެއިން ފައްޓަވާނެ ކަަމަށެވެ.

ޖާބިރު ވިދާޅުވީ، އޭނާ އާއި ދަރިފުޅުވެސް ގޮނޑި ނަގާނެ ކަމަށާއި، މިފަހަރު އަންނާނީ ގަދަކޮށް ކަމަށެވެ.

ޖާބިރު އިޓަލީ މިލާންގައި ހުންނަވާ ވިދާޅުވި ގޮތުގައި ރަމަޟަން މަހު ނިމިގެން ދިޔައީ ވަރަށް ބަރަކާތްތެރިކަމާއި އެކުގައެވެ. އަދި އޭނާ ހުވަދު އަތޮޅަށް އަދި ހާއްސަ ގޮތެއްގައި މުޅި ރާއްޖެއަށް ވަރަށް ގިނަ އިނެވްސްޓަރުން ގެނައުމަށް ޑީލްކޮށް ނިމިއްޖެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި އެންމެ އާދައިގެ މީހާވެސް ގިނަ ދުވަހު ރިސޯޓްތަކުގައި އުޅެވޭ ގޮތަށް ތަހުޒީބު ޓޫރިޒަމްއެއް ގެނެވޭނެ އާ ޕްރޮޑަކްޓެއް ފެށުމަށް މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އިންވެސްޓަރުންނާއެކު ޔަގީން ކަށަވަރުކޮށްފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އަދި ކާށިދޫ އާއި ގާފަރު ތަރައްގީވެގެން ގޮސް މާލޭގެ ރައްޔިތުން އެ ދެ ރަށުން ތަހުޒީބު ފެޝަން އެޕާޓްމެންޓް ގަނެ ތަހުޒީބު ފެޝަނަށް ލޯބި ކުރާނެ ކަަމަށް އުއްމީދު ކުރާ ކަަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

”ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރުގައި އަޅުގަނޑު މި ދަނީ މަސައްކަތް ކުރަމުން، އީދު މުބާރާކް ދަންނަަވަން،،“ ޖާބިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!