ގިނަ އަދަދެއްގެ ލޮނުމެދު ރާއްޖެ ގެނެސްފި
ދެންމެ | 13 އޭޕްރިލް 2024

އިނގުރާއި ލޮނުމެދުގެ އައު ޝިޕްމެންޓެއް އެސްޓީއޯ އިން ގެނެސްފިއެވެ.

އެސްޓީއޯ އިން ބުނީ އައު ޝިޕްމެންޓު ރާއްޖެ ގެނެސް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އިނގުރު ބަސްތާއެއް 273 ރުފިޔާއަށް ވިއްކާއިރު، 5 ބަސްތާ ގަންނަ ނަމަ ބަސްތާއެއް 263 ރުފިޔާއަށް ލިބޭނެ ކަމަށް ބުންޏެވެ. އަދި ލޮނުމެދު ބަސްތާއެއް 302 ރުފިޔާއަށް ވިއްކާއިރު، 5 ބަސްތާ ގަންނަ ނަމަ 292 ރުފިޔާއަށް ބަސްތާއެއް ލިބޭނެ ކަަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން މިތަކެތި ގެނެސް ވިއްކަން ފަށާފައި މިވަނީ ރާއްޖޭގެ ބާޒާރުގައި އިނގުރާއި ލޮނުމެދުގެ އަގު ކުޑަކޮށް އުފުލެން ފެށުމާއި ތާޒާ ލޮނުމެދާއި އިނގުރު ބާޒާރުން ލިބެން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!