ފުފޫ ކަދިން ލޮދި އިތުރު ކޮށްދޭ!
ދެންމެ | 14 އޭޕްރިލް 2024

ފުފޫ ކަންޖަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބުއިމެކެވެ. އެހެންނަމަވެސް ފުފުލުން އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކާއި ގެނުވާ އިހްސާސްތަކަކީ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެ ކަންކަމެވެ.

ބޭނުންވާތަކެތި:

2 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފަ)

3 މޭޒުމަތީ ސަމުސާ ޒުވާރިފުށް

Advertisement

1 ޖޯޑު ކާށިކިރު (އޮލަކޮށް)

1 ރާނބާފަތް (7 އިންޗި)

½ ޖޯޑު މާފެން

½ ޖޯޑު ހަކުރު (ފޮނިރަހަލާވަރަށް)

4 ޖޯޑު ފެން (ފުފޫ މަޑުކުރުމަށް)

1 ½ ޖޯޑު ފެން (ކަނދި ކެއްކުމަށް)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހަތަރު ޖޯޑު ފެން އަޅައިގެން ފުފޫ މަޑުވަންދެން ކައްކާށެވެ. ފުފޫ މަޑުވުމުން ރާނބާފަތް އަދި ޒުވާރި ފުށް އޮލަވާވަރަށް އެއްކޮށްގެން ކައްކާށެވެ. ދެން އެއަށްފަހު ހަކުރު އަދި ފެން އަޅައިގެން ކައްކާށެވެ. ހަކުރު ވިރެންދެން ކެއްކުމަށްފަހު ބޯކިރު އަޅައި މަޑުގިނީގައި އިރުކޮޅަކު ކައްކާށެވެ. ކައްކަމުންދާއިރު ދޭފަތުން ހަލަމުން ކައްކާށެވެ. ކައްކާ ނިމުމުން މާފެން އަޅާ އެއްކުރުމަށްފަހު އުނދުންމަތިން ބާލާށެވެ. ފިނިކޮށްގެން ކާން ވަރަށް މީރުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!