އެނަރޖީ ޑްރިންކުން ޖިންސީ އެދުންވެރިކަން އިތުރުވޭ ތަ!
ދެންމެ | 15 އޭޕްރިލް 2024

ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެނަރޖީ ޑްރިންކްސް ވަނީ ހީނުކުރާހާ އާންމު ވެފައެވެ. ހާއްސަކޮށް ޅަ ކުދިންގެ މެދުގައި ދުވާލަކު ދެތިން އެނަރޖީ ޑްރިންކް ބޯލުމަކީ ވަރަށް “ކޫލް” ކަމެކެވެ. ކޮފީ އަކަށް ގޮއްސީޔާ “ރެޑްބުލް”އެއް، ފިހާރަޔަކަށް ވަދެއްޖެޔާ “އެކްސް އެލް”އެއް، މިއީ މިހާރަކަށް އައިސް ފެންނަ އާންމު ކަމެކެވެ. ބައެއް މީހުން އެނަރޖީ ޑްރިންކްސް ނުބޯތީރައްޓެހިންގެ ތެރޭގައި ބާކީވެ، އެމީހުންގެ ފުރައްސާރަޔާވެސް ކުރިމަތިލާން ޖެހެއެވެ. ދިވެހިންގެ ތެރޭގައި އެނަރޖީ ޑްރިންކްސް މިވަރަށް އާންމުވެފައި ވާއިރު، އޭގެން ދަޅެއްގައި ހިމެނޭ އެއްޗެހިއިނގެނީ ތީގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ؟ އަދި އެނަރޖީ ޑްރިންކް ބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ދުވަހަކުވެސް ބަލާލިންތޯއެވެ؟

ހަގީގަތުގައި ގިނަ އެނަރޖީ ޑްރިންކް ތަކުން ލިބޭ “އެނަރޖީ” ލިބެނީ ކެފެއިން ކިޔާ މާއްދާއަކުންނެވެ. ކެފެއިންއަކީ މީހާ ހޭލައްވާލާ، ހިތް އަވަސްވެ، އިތުރު ހަކަތަ ލިބޭހެން ހީވާ މާއްދާއެކެވެ. ކެފެއިންއަކީ އާންމުކޮށް ބޭނުން ކުރާ ކޮފީ، ސައި އަދި ޗޮކުލެޓު ފަދަ އެއްޗެހީގައިވެސް ކޮއްމެވެސް ވަރަކަށް ހިމެނޭ އެއްޗެކެވެ. އަދި ދުވާލަކު ބޭނުން ކުރަން ރައްކާތެރި މިންވަރަށް ބޭނުންކުރުމުން ގޯސް އެއްޗެއްވެސް ނޫނެވެ. ނަމަވެސް އެކި މީހުންގެ ހަށިގަނޑަށް ދުވާލަކު ބޭނުން ކުރަން ރައްކާތެރިވާނީ އެކި ވަރަށެވެ. ގިނަ އެނަރޖީ ޑްރިންކް ތަކުގައި ކެފެއިން ހިމެނޭ ސީދާމިންވަރެއް އިނގޭކަށް ނުހުރެއެވެ. އެހެން ކަމުން  އެނަރޖީ ޑްރިންކެއް ބޯ ކޮންމެ ފަހަރަކު ހަށިގަނޑަށް އެ ލިބެނީ ކިހާ ކެފެއިންއެއް ކަން އިނގޭނީ ކިހިނެެއްތޯއެވެ؟

ހަށިގަނޑަށް އެކަށީގެންވާ ވަރަށް ވުރެއް ގިނައިން ކެފެއިން ހަށިގަނޑަށް ދިޔުމުން ބޮލުގައި ރިއްސާ، ހޮޑުލެވި، މޭ ތެޅި، ނިދަން އުނދަގޫވުން ފަދަ ކަންތައް ވެއެވެ. އެނަރޖީ ޑްރިންކު ތަކުގައިހުންނަ ކެފެއިންގެ ސަބަބުން އެންޒައިޓީ ވެސް އިތުރަށް ގޯސްވެއެވެ. އެނަރޖީ ޑްރިންކު ތަކަކީ ކެފެއިންގެ އިތުރުން ހަކުރުވެސް ގިނަ އެއްޗެކެވެ. އެހެން ކަމުން ގިނައިން އެނަރޖީ ޑްރިންކްބޯނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވެ، ޓައިޕް 2 ޑައިބެޓީސް ހުންނަން ފެށުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން ދިރާސާތައް ދައްކާ ގޮތުގައި އެނަރޖީ ޑްރިންކްސް ބުއިމުގެ ސަބަބުންދަތްތަށްވެސް ހަލާކުވެއެވެ.

އެނަރޖީ ޑްރިންކްސް ބުއިމުގެ ސަބަބުން ދިމާވާ އިތުރު ކަންކަމުގެ ތެރޭގައި ހަށިގަނޑު ޑީހައިޑްރޭޓް ވުންވެސް ހިމެނެއެވެ.އަދި ހިތުގެ އެތައް މަސައްލަތައްވެސް ދިމާވެއެވެ. އެނަރޖީޑްރިންކްސް ބުއިމުގެ ސަބަބުން ދިމާވާ ހިތުގެ ބައެއް މައްސަލަ ތަކުގެ ތެރޭގައި ހިތުގެެ ތެޅުންމަށަ ބަދަލުތައް އައުން، ބޮޑެތި ލޭނާރުތައް ފަޅައިގެން ދިޔުން އަދި ހާރޓް ފެއިލިއަރ ވެސްހިމެނެއެވެ. ބޯލާ އެންމެ ބުއިމެއްގެ ސަބަބުން މުޅި އުމުރު ބަލިކަމުގައި އުޅެން ޖެހިދާނެއެވެ.

އެކުވެރިންނޭ، މިއީ އަދި އެނަރޖީ ޑްރިންކްތައް ބުއިމުގެ ސަބަބުން ދިމާވެދަަނެ ކަންކަމުގެ ތެރެއިން މަދު މިންވަރެކެވެ. މީގެ އިތުރުންވެސް އެނަރޖީ ޑްރިންކްގެ ސަބަބުން ހަށިގަނޑަށް އެތައްނޭދެވޭ އަސަރު ތަކެއް ކުރެއެވެ. އެނަރޖީ ޑްރިންކްއަކީ އެއްގޮތަކައްވެސް ބޯން ރަނގަޅު އެއްޗެއް ނޫނެވެ. ޅަ އުމުރުގައި ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުހުންނަ އެއްޗެހި ބޭނުން ކުރުމުގެސަބަބުން ތިބާގެ އުމުރު ކުރުވެ، އުމުރުން ދުވަސްވާ ވަރަކަށް ސިއްހީ އެކި މަސައްލަ ތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ލިބޭ ބުއިންތައް ހިޔާރު ކުރާށެވެ. އަދި މި ހަށިގަނޑަކީ ތިބާ އުމުރު ދުވަހު ގެންގުޅެން ޖެހޭ ހަށިގަނޑެއް ކަން ދަނެގެން ވީހާވެސް ސިއްހަތަށް ބަލައިގެން އުޅެން އާދަ ކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!