މަލީހާއި ޖަމީލު ނޫނީ ދެން ތިބީ ބާގީން: ރައީސް ޔާމީން
ދެންމެ | 15 އޭޕްރިލް 2024

ޕީއެފްއެފް އުފެއްދުމުގައި ރައީސް ޔާމީން އަރިހުގައި ތިއްބެވި ޑރ. މުހައްމަދު ޖަމީލާއި މަލީހް ޖަމާލަށް ޕީޕީއެމް ޕީއެންސީ ކުރި ފުރައްސާރައަށް ރައީސް ޔާމީން ޖަވާބުދެއްވާ މިސަރުކާރުގެ ވެރިން ބާގީންގެ ގޮތުގައި ސިފަކުރައްވައިފި އެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޕީޕީއެމް ޕީއޭންސީގެ ލީޑަރުން ޕެނަލް ޑިސްކަޝަނެއް ބައްވާ ރައީސް ޔާމީން އަރުގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ ޑރ ޖަމީލާއި މަލީހަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޖަމީލާ، މަލީހަކީ ރައީސް ޔާމީނަށް އިހްލާސްތެރި ބައެއް ނޫންކަމަށް ބުނެ އަދިވެސް އިހްލާސްތެރިން ތިބީ ޕީޕީއެމް ޕީއެންސީގައިކަމަށް ބުނެ ސަރުކާރުގެ އިސްވެރިންވަނީ ޔާމިނަށްވެސް ރައްދުވާގޮތަށް ބަހުގެ ހަމަލާތައް ދީފަ އެވެ.

ޕީއެންސީ ޕީޕީއެމްގެ ވެރިން ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ރޭ ވަނީ ވަރަށް ވަރުގަދަ ރައްދެއް ދެއްވާ ސަރުކާރުގެ އިސްމަގާމުތަކުގައި މިހާރު ތިއްބެވި މީހުންނަކީ ބާގީންގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

“ އަޅުގަނޑު ޖަލުގައި އޮއްވާ ނޫންތޯ މިތާ ތެރޭގައި ތިބެ (ޕީޕީއެމް / ޕީއެންސީން ) ތިބެ ބަގާވާތެއް ކުރީ. އަަޅުގަނޑު ޖަލުގައި އޮއްވާ ނޫންތޯ މިތާ ތިބި ހުރިހާ ވެރިން އަޅުގަނޑާ އެންމެ ގާތްކަމަށް ރައްޔިތުންނަށް ދައްކައިގެން އުޅުނު ހުރިހާ ވެރިން ބަގާވާތް ކުރީ.“ ޕީޕީއެން ޕީއެންސީ ވެރިންނަށް އަމާޒުކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީ ވެރިން ބަގާވާތް ކުރެއްވިކަމަށް ތުހުމަތު ކުރައްވަމުން ރައީސް ޔާމީން ވަނީ ކަމުގެ ބުރަދަނަށް ބަލާއިރު އެމަނިކުފާނަށް ގެއްލުންދީ ނިކަމަމެތި ކޮދސްލީ ކޮންބައެއްތީ ސަރުކާރުގެ އިސްވެރިންނާއި ސުވާލުކުރައްވާފައެވެ.

“ އެހެންވީމާ ބުރަދަނުގެ ގޮތުން އަޅުގަނޑަށް ގެއްލުންދިނީ މަލީހާ ޖަމީލްތޯ؟ ނޫނީ އޭރު އަޅުގަނޑު ކައިރީގައި ތިބެގެން އަޅުގަނޑު ގައިގައި ހަންޖަރު ޖެހި މީހުންތޯ؟ ކޮން ބައެއްތޯ ބުރަދަނުގެ ގޮތުން އަޅުގަނޑަށް ބޮޑު ނިކަމެތިކަމެެއް އަޅުގަަނޑަށް ބޮޑު ގެއްލުމެއް ދީނީ ކޮންބައެއްތޯ؟“ މަލީހާއި ޖަމީލަށް ތައުރީފުކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ މަގާމުން ވަކިކުރަން މަސައްކަތް ކުރިކަމަށް ބުނެ އެ ޓީމުން ކެމްޕެއިންތަކުގައި ވާހަކަ ދައްކަމުންދާކަމަށް ވިދާޅުވެ އެ ދައްކާ ވާހަކަތައްވެސް ރައީސް ޔާމީން ރޭ ވަނީ ދޮގުކުރައްވާފަ އެވެ.

 

”އެއްވެސް އިރެއްގައި މުއިއްޒު ވަޒީރުކަމުން ވަކިކުރާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން އެއްވެސް އިރެއްގައި. އެއްވެސް އިރެއްގައި މުއިޒަކަށް ނީންނާނެ އިންޒާރުގެ ބަހެއް ނަސޭހަތުގެ ބަހެއް ދީ ވަޒީފާއިން ވަކިކުރަން ޖެހޭ ބުނަފައެއް. އެއީ ރަނގަޅު ވާހަކައެއް ނޫން އެ ދައްކަނީ ކީ. “ ރައިސް ޔާމީން ވިދާޅުވި އެވެ.

މަޖިލިސް ކެމްޕެއިންގައި އެމަނިކުފާނާއި ރައީސް މުއިއްޒާއި ގުޅުން ރަނގަޅުކަމަށާއި ހިޔާލާ މަޝްވަރާ ހޯދާކަމަށް ބުނެ ވާހަކަ ދައްކަމުން ދާކަން ފާހަގަކުރައްވާ ރަޢީސް ޔާމީން ވިދާޅުވީ އެއީވެސް މުޅި ދޮގު ވާހަތަކެއްކަމަށެވެ. އެގޮތުން އެމަނިކުފާނާއި މިސަރުކާރުގެ ވެރިޔަކާއި ގުޅުން ނެތްކަމަށް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރެއް ހުންނަވާއިރު ރައީސް ޔާމީން ކައިރިން ލަފާ ނަހާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!